އިދިކޮޅު ފަރާތްތައް

ރައީސް ވަކިކުރަން މަސައްކަތް ކުރަން އިދިކޮޅުން ގަރާރެއް

ރައީސް ސޯލިހު: އެ މަނިކުފާނު މަގާމު ދުރު ކުރަން ގާރާރެއް އިދިކޮޅު ކައުންސިލަށް ހުށަހެޅި
0%
0%
0%

އުތުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށް ބުނެ އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރު ކުރަން ކުރަންޖެހޭ ކަންކަން ކުރަން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަންގެ ގުޅިފައިވާ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައީސް މަގާމުން ދުރުކުރަން ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރުމަށް އެ ގަރާރު ޕްރޮގުރެސިވް ކޯލިޝަންގެ ޖޮއިންޓް ކައުންސިލަށް މިހާރު ހުށަހަޅާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބަޔާނެއް މެދުވެރިިކޮށް ވަނީ ބުނެފަ އެވެ.

ޔޫޓީއެފްގެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބޭނެ ކަމަށް އަޑުތައް ފެތުރިފައިވާއިރު އެއްބަސްވުމުގެ ތަފްސީލް ހާމަކުރަން ސަރުކާރުން ތަކުރާރުކޮށް ދަނީ އިންކާރު ކުރަމުން ނެވެ. ނަމަވެސް އެ އެއްބަސްވުމާ ގުޅޭ ޑްރާފްޓެއް ކަަމަށް ބުނާ ލިޔުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ލީކްކޮށްލައްވާފަ އެވެ.

ލީކްވި ލިޔުމަށް އިޝާރާތް ކޮށް ޕީޕީއެމްއިން ބުނީ އެ ލިޔުމުގައި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ، އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތީ ބާރުވެރިކަމާއި ފުށުއަރާ އެތަކެއް ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަަށެވެ. އަދި އެއްބަސްވުން ބާތިލު ކުރަން ގޮވާލައިފައި ވެއެވެ.

އެ އެއްބަސްވުން ހާމަ ކުރުމަށް ދެކޮޅު ހެދުމަކީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށާއި ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަކީ ރައީސްގެ ޒިންމާއަކަށް ވިޔަސް ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް ނޫން ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ރައީސް މަގާމުން ވަކިކުރަން މަސައްކަތް ކުރަން ގަރާރު ހުށަހެޅީ އެ ސަބަބާ ހުރެ ކަމަށް ވެސް ބުނެފައި ވެއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345