ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވައުދު ފުދުމުން ނޫނީ އާ ދައުރަކަށް ނުވިސްނާނަން: ރައީސް

ރައީސް އިބުރާހިމް މުހައްމަދު ސޯލިހު: ވައުދުތައް ފުއްދެވުމަށް ފަހު ނޫނީ އިތުރު ދައުރަކަށް ނުވިސްނަވާ ކަމަށް ވިދާޅުވި
0%
0%
100%

ރައީސް ކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ފަހު ނޫނީ ދެވަނަ ދައުރަކާ މެދު ނުވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ވިސްނަވާނީ ވެސް ވެރިކަމަށް ވަޑައިގަތުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ފަހުގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނަވައި ޖެހިގެން އަންނަ ރިޔާސީ ދައުރާމެދު ވިސްނަވާ ނަމަ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ކޮށް ނުދެއްވޭނެ ކަމަށެވެ.

އަދި ވިދާޅުވީ ވިސްނުން އެގޮތަށް ބާއްވަވައިގެން ވެރިކަން ކުރާ ނަމަ ބައްލަވާނީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑުވާނީ ކޮން ގޮތަކަށްތޯ ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވަނީ އެއާ މުޅީން ހިލާފަށް ކަމަށެވެ.

"އަޅުގަނޑު އިރާދަ ކުރެއްވިއްޔާ [ވެރިކަން] މިކުރަނީ އެހެނެއް ނޫން. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ އަޅުގަނޑު ވީ ވައުދުތައް ފުއްދޭތޯ. އެ ނޫން ވިސްނުމެއް އަޅުގަނޑުގެ މިވަގުތަކު ނެތް. އަޅުގަނޑު، ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮ ނުވާނެ އަޅުގަނޑު ވީ ވައުދުތައް ފުއްދައި ނުދީ،"

ރައީސް މިހެން ވިދާޅުވި އިރު ރާއްޖެއަށް ފުރިހަމަ ތަރައްގީ ގެންނަން ރައީސަށް ވެރިކަމުގައި ދެ ދައުރު ލިބި ވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަސް އަހަރުގެ އެއް ދައުރަށްވުރެ ދިގު ކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްގީ ގެނައުމަށް އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހމހ

ހަރުދަނާ! އިންސާފުވެރި!

މުހައްމަދު އަހުމަދު

ދެވަނަ ދައުރެއްދޭން ބަޔަކު ނޫޅޭ މޮޔަފުޅުވެނުލައްވާ

ބިގަ

ތީ އިޚްލާސް ތެރިކޮއްބުނި އެއްޗެއްނަމަ މިހާރުވެސް އިސްތިއުފާ ދޭން ޖެހިފަ ތިހުރީ.

ވިސްނާލީމާ ވެސް

ރައީސް ޞާލިޙް އެ ވިދާޅުވީ ތެދުފުޅެއްކަން ވިސްނާލީމާ ވެސް އެނގެއެވެ. ވެރިކަމާހެދި ބޫތު ފަރިއްކުޅުއްވިފައި ތިއްބެވި ބޭފުޅުން އެދަނީ ފެންނަމުންނެވެ. އެއީ އަމިއްލަ ނަފްސަށް މިރައީސް އޭ ކިޔައި މުޚާޠަބު ކުރެއްވި ރައީސް ޔާމީނާއި، ޤުރްއާނުގެ އަޑު ޖެހުނީމައި އުނދަގޫވާ ރައީސް ނަޝީދެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345