ފަސްޓްލޭޑީ

މަމްސް އެކްސްޕޯ ހުޅުވައިފި

މަމްސް އެންޖީއޯގެ ފަރާތުން އަންހެނުންގެ މަސައްކަތްތެރި ކަމާއި ވިޔަފާރިތައް ދައްކައިދޭން އިންތިޒާމް ކުރި އެކްސްޕޯ މިއަދު ހުޅުވައިފި އެވެ. މާލޭގެ ބިލަންބޮންގް ސްކޫލްގައި މިއަދު ހަވީރު މަމްސް އެކްސްޕޯ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

އެކްސްޕޯ އިފްތިތާހު ކޮށްދެއްވައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ އޮންލައިން ކޮށް އުފެދިގެން އައި އެންޖީއޯގެ ތެރެއިން މަންމައިން އެކަކު އެނެކަކަަށް އެހީތެރިވެދޭތީ އުފާ ކުރައްވާ ކަމަށެވެ. އަދި މި އެކްސްޕޯގައި މަންމައިންގެ އިތުރުން ޒުވާން އަންހެނުންގެ ވިޔަފާރިވެރިނަން ފުރުސަތު ދެއްވާފައިވާތީ ވެސް އުފާ ކުރައްވާ ކަމަށެވެ.

އެކްސްޕޯގައި އާއިލާތަކަށް އެހީވާ ފަންޑަކާއި ދިެހި ކޮމިއުނިޓީ ހެލްޕިން ފެމިލީ ޓްގެދާ ވެސް އެކަމާ އިފްތިތާހު ކޮށްދެއްވި އެވެ. އަދި އެކްސްޕޯގެ ސްޓޯލްތައް ވެސް ބައްލާވާލެއްވި އެވެ.

ޖުމަލް 70 ސްޓޯލާއެކު މިރެއާ މާދަމާގެ ނިޔަލަށް ކުރިޔަށްދާ އެކްސްޕޯގެ ތެރޭގައި މަމްސް އެންޖީއޯ އާއި ލިލީ އެންޓަޕްރައިޒް ގެ ފަރާތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވެއެވެ. އެންޖީއޯގެ އެމްއޯޔޫގައި ސޮއި ކުރެއްވީ ފައުންޑާ މެންބަރު ހަދީޖާ ސިތްރާ އެވެ. ލިލީގެ ފަރާތުން އާމިރު މަންސޫރެވެ.