ހަބަރު

ފާޓިލިޓީ ސަޕޯޓްގެ ސެޝަނެއްގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

Dec 14, 2020
1

ފާޓިލިޓީސަޕޯޓް ކޮމިއުނީޓީގެ އަހަރީ ޖަލްސާ އާއި ސަޕޯޓް ގުރޫޕް ސެޝަން ގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެޑަައިގެންފި އެވެ.

ފާޓިލިިޓީސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމަށް ދަތިތައް ހުންނަ މީހުނަށް މައުލޫމާތު ދީ ހޭލުންތެރި ކުރަން އުފައްދާފައިވާ ޖަމިއްޔާއެކެވެ. ދަރިމައިވުމަށް ހުރަސްތައް ހުރި މީހުންނަށް އިތުރު ބޭސް ފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދޭން މި ޖަމިއްޔާއިން މަސައްކަތް ކުރެ އެވެ.

ކައިމޫ ހޮޓެލްގައި މިއަދު އޮތް ސަޕޯޓް ސެޝަންގައި ފަސްޓް ލޭޑީ ބައިވެރިވެ ވަޑައިގެން ސަޕޯޓް ސެޝަންގެ ބައިވެރިންގެ ވާހަކަތައް އަޑުއެއްސެވި އެވެ.

މި ސެޝަންގައި 21 މީހަކު ބައިވެރިވި އެވެ. އަދި އޮންލައިންކޮށް ވެސް ބައެއް ފަރާތުން ބައިވެރިވެފައި ވެއެވެ.