ހަބަރު

ކެލާއިން ކުޅުދުއްފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީން ގުޅާލައިފި

Oct 5, 2019
1

ހއ. ކެލާ އިން ހދ. ކުޅުދުއްފުށްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ.

ކެލާއިން ކުޅުދުއްފުއްޓަށް ލޯންޗް ފެރީގެ ދަތުރުތައް ފެށުން އިފްތިތާހް ކޮށްފައިވަނީ މިއަދު ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ހުސެއިން ޝާހް ވިދާޅުވީ ފެރީގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ފެރީތައް އަޕްޑޭޓް ކުރަންޖެހޭ ކަމަށެވެ. އަދި ހިދުމަތްތައް ފުޅާކޮށް ދަތުރުތައްވެސް އެކި ހިސާބުތަކަށް ފުޅާކުރަންޖެހޭ ކަމަށެވެ.

ފެރީގެ ދަތުރުތައް އޮންނަ ރަށްތަކަކީ ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އަށެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނީ 75 ރުފިޔާއިން 250 ރުފިޔާއާ ދެމެދުގައި އެވެ.

ކެލާއިން ކުޅުދުއްފުއްޓަށް އަދި ކުޅުދުއްފުށިން ކެލާއަށް ފުރާ ގަޑިތައް:

  • 6:30 ގައި ކެލާއިން ވަށަފަރަށް
  • 6:45 ގައި ވަށަފަރުން ފިއްލަދޫއަށް
  • 7:00 ގައި ފިއްލަދޫއިން ބާރަށަށް
  • 7:15 ގައި ބާރަށުން ހަނިމާދޫއަށް
  • 7:30 ގައި ހަނިމާދޫ އިން ކުޅުދުއްފުއްޓަށް
  • 2:30 ގައި ކުޅުދުއްފުށިން ހަނިމާދޫއަށް
  • 2:55 ގައި ހަނިމާދޫ އިން ބާރަށަށް
  • 3:10 ގައި ބާރަށުން ފިއްލަދޫއަށް
  • 3:25 ގައި ފިއްލަދޫއިން ވަރަފަރަށް
  • 3:40 ގައި ވަރަފަރުން ކެލާއަށް

ޓިކެޓް ފުރާ ދުވަހުގެ އެއްދުވަސް ކުރިން ނަގަންޖެހޭނެ ކަމަށާއި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ޓިކެޓް ނެގޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.