ވިޔަފާރި

ރާއްޖެ ވޯލްޑް ޓްރެވަލް އެވޯޑުގެ ހަ ގެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ

ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި "އޮސްކާ" ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑުގެ ހަ ކެޓަގަރީއަކަށް މި އަހަރުވެސް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި 12 ސަރަހައްދަކަށް ބަހާލައިގެން ދޭ މި އެވޯޑަށް މި އަހަރުވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ނޮމިނޭޓްވެފައިވާ ކަމަށެވެ.

ރާއްޖެ ނޮމިނޭޓް ވެފައިވާ ކެޓަގަރީތައް

  • ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިން ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިން ޑައިވް ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިން އައިލެންޑް ޑެސްޓިނޭޝަން
  • ވޯލްޑް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން/ ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު

ވޯލްޑް ޓްރެވަލް އެވޯޑު ދުނިޔޭގެ އެކި ސަރަހައްދު ތަކަށް ބަހާލައިގެންދެ އެވެ. އިންޑިއާ ކަނޑުގެ ގައުމުތަކަށް އެވޯޑު ދިނުން އޮތީ މި އަހަރުގެ ޖޫން މަހު އެވެ.