ހަބަރު

ފޮޓޯތަކެއް ލީކްކޮށްލާނެ ކަމުގެ ބިރު ދައްކައި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި

Oct 5, 2019

ނަވާރަ އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައި އެ އަންހެން ކުއްޖާއާ ގަދަކަމުން ބަދު އަހްލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލާގެ މާބޮޑު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެކަމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ރޭގަ އެވެ.

މައްސަލަ ފުލުހުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

ބަދުއަހްލާގީ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ރިޕޯޓް ކުރާ މިންވަރު އިތުރުވަމުން އަންނަ ކުށްތަކެކެވެ.