ހަބަރު

ކަޝްމީރުގެ ހައްގުގައި ރާއްޖެ ވަކާލާތު ކުރަން ޖެހޭ: ދުންޔާ

ދުންޔާ މައުމޫން- އެކުވެރި ގައުމުތަކުގެ މުސްލިމުންގެ ހައްގުގައި ސަރުކާރުން ވަކާލާތު ނުކުރާތީ ވަނީ ފާޑު ވިދާޅުވެފަ-
0%
0%
0%

ރާއްޖޭއިން އަމަލުކުރަމުންދާ ހާރިޖީ ސިޔާސަތުގެ ދަށުން އިސްލާމްދީން ކުރި އެރުވުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށްވުމުން އިންޑިއާ އާއި ޗައިނާގައި މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަ ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި ދުންޔާ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ، އިސްލާމްދީން ކުރި އެރުވަމަކީ ރާއްޖޭގެ ހަރީޖި ސިޔާސަތަކަށް ވާއިރު، ރާއްޖޭގެ ސަރުކާތު އޮތީ، އެކުވެރި ޗައިނާ އާއި އިންޑިއާއިން މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަ އިރުވެސް ބަހެއް ނުބުނެ ހަނު ކަމަށެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ އެކުވެރި ގައުމުތަކުން ހިންގަމުންދާ މިއަމަލުތަށް ކުށްވެރިކޮށް މުސްލިމުންގެ ހައްގުތަށް ހޯދައި ދިނުމަށް ރާއްޖެއިން މަސައްކަތްކޮށް އެކުވެރި ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދިމާވާ ގޮންޖެހުންތަށް ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ. ދުންޔާ ޓުވީޓުގައި ވަކިން ހާއްސަކޮށް ކަޝްމީރު އާއި ޖައްމޫގެ މުސްލިމުންގެ އިތުރުން ޗައިނާގެ ސިޓީއެއް ކަމަށްވާ ޒީއަންޖިންގައި ދިރިއުޅޭ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އެގައުތަކުން އަރައިގަންނަމުންދާކަން ފާހަގަ ކުރައްވާފަ އެވެ.

މިފަދަ މޭރުމަކުން ދުންޔާ ވާހަކަފުޅު ދައްކާފައި މިވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަޝްމީރުގައި މިހާރު ހިންގަމުންދާ ކަންތައްތަކަކީ އިންޑިއާގެ ދާހިލާ ކަމަކަށް ވުމުން ރާއްޖެއިން އެކަމާ ނުބެހޭނެ ކަމަށް ބުނެ އިންޑިއާގެ ނޫހަކަށް އިންޓަވިއުއް ދީފައި ވަނިކޮށެވެ. މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލާ ކަމެއް ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އެނޫހަށް އިންޓުވިއު ދެއްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ނިންމާފައިވާ ނިންމުމަށް ރާއްޖެއަށް ތާއީދުކުރެވެން ނެތް ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ކަޝްމީރު މައްސަލާގައި ރާއްޖެ ހިމެނޭގޮތަށް އެއްވެސް ގައުމަކުން އިންޑިއާއަށް ފާޑުކިޔަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝަފީގާ

މުބީނު ތިޔަ ބުނީ ތެދެއް. ދުންޔާ އަދާ ކުރި ސިޔާސީމަގާމެއްނެތް. އެކަމަކުހުރިހާ ކަމަކަށް ފާޑުކިޔަންވޭ. ބަލަގައިންޑިއާއަށް އިނގެޔޭ ބޮޑުބޭބެދިން މަގާމެއްކަން. ވީމާ ފާޑު ކިއުމުގެ ހައްގެއްނޯންނާނެ. ޑިމޮކްރަސީއާއި ދެކޮޅަށް ކަލޭ ކުރިބޮޑެތި މަސައްކަތްއިނގެޔޭ. ދެންކޮން ކަޝްމީރޭ ކަޝްމީރޭ ކިޔާކައްތަ ؟

އަލީބަލީ

ނުޖެހޭ. ތަންތަނަށް އަގަކޮއްޕައިގެން ވާނެ ފައިދާއެއް ނެތް. ރާއްޖެއަށް ލިބޭ އެހީތައް ކެޑި ނިކަމެތިވާނީ.

މުބީނު މާރނީ

ސިޔާސީ މީހުންނަކީ ރައްޔިތުން ހޮވާ މީހުން. ބައްޕަ ބުނެގެން ބޮޑުބޭބެ ދިން މަގާމެއްގައި ހުރި މީހަކީ ސިޔާސީ މީހެއް ނޫން. ވީމާ ތިޔަ އަނގަ މަޑުކުރޭ. ނޫންނަމަ އަނގަ ބަންދުކުރޭ. ދިވެހިން މިހާރު 5 ކުޅަނދު މަދެއް ނޫން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910