އަކެޝޭ ކްމާރު

އަކްޝޭ މީހެއްގެ ފުރާނަ ސަލާމަތްކޮށްދީފި

މަނީޝް ޕޯލްގެ ޝޯއެއް ކަމަށްވާ "މޫވީ މަސްތީ" ގެ ސެޓުގައި ހިނގި ހާދިސާއެއްގައި ޕާފޯމަންސަކަށް ވާގަނޑެއް ގައިގައި ބައްދައި އެލުވިގެން އޮތް މީހަކު ކުއްލިއަކަށް މީހަކު ހޭނެތުނެވެ.

ހަދާނެ ގޮތެއް ނޭނގިގެން އެތާ ތިބި މީހުންތައް އެނބުރި އެނބުރި ތިއްބާ އަކްޝޭ ވަގުތުން ދުވެފައި އެތަނަށް ގޮސް އެމީހާގެ ގައިން ވާގަނޑު ނައްޓާލައި އެމީހާ ބިންމައްޗަށް ތިރި ކުރި އެވެ. އެ މީހާގެ ފުރާނަ ސަލާމަތް ކުރެވުނީ އަކްޝޭގެ ދުރުވިސްނުމާއި އަވަސް ހަރަކާތްތަކުން ކަމުގައި އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އަކްޝޭ މި ޝޯގައި ބައިވެރިވީ އޭނާގެ "ހައުސްފުލް 4" ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގައި އަކްޝޭގެ އިތުރުން ކްރީތީ ސަނަން، ބޮބީ ޑެއޯލް، ކްރީތީ ކަރްބަންދާ އަދި ޗަންކީ ޕާންޑޭގެ އިތުރުން ވަރަށް ގިނަ ތަރިންތަކެއް ބައިވެރިވެ އެވެ.

އޮކްޓޯބަރު މަހު ފަހު ހަފުތާގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމްގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި ވާހަކަ ދައްކަމުން ޖޯކަކަށް ހަދާފައި އަކްޝޭ ބުނީ ސީރިއަސް ފިލްމުތައް ކުޅެގެން މިހާތަނަށް އޭނާއަށް ލިބުނު ހުރިހާ ގަދަރެއް މި ފިލްމާއެކު ވެއްޔާ މޮޑެވިގެން ދާނެ ކަމަށެވެ. އެހާވެސް އަކްޝޭ ކުޅޭ ކެރެކްޓާ މަޖާކަމަށް އޭނާ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި އޯޑިއަންސް ހެއްވާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކްޓްކުރުމުގެ ރޮނގުން އެންމެ އުނދަގޫ ކަމަކީ މިއީ ކަމަށް އޭނާ ބުންޏެވެ.