ޓެކްނޯލޮޖީ

ފިލާ މީހުން ހޯދަން ވަރުގަދަ ކެމެރާއެއް

ޗައިނާއަކީ އޭޝިއާ ބައްރުގެ ޓެކްނޮޖީގެ އެއް ހަބެވެވެ. އެ ގައުމުން މިހާރު ވެސް ދަނީ ފޭސް ރިކޮގްނިޝަލް ޓެކްނޮލޮޖީތަށް ގިނަ އަދަދަށް ބޭނުން ކުރަމުންނެވެ. މި ޓެކްނޮޖީތަކުގެ ބޭނުމަކީ ޗައިނާގެ އާބާދީ ބޮޑުވުމުން، ކުށްވެރިން ހޯދަން ދިމާވާ ދަތިތައް ހައްލު ކުރުމެވެ. ގެއްލޭ އަދި ފިލާ މީހުން ހޯދުމެވެ. މި ޓެކްނޮޖީތަކުގެ ބޭނުން ޗައިނާއިން ވަނީ ނާޒުކު އެތަކެއް ދަނޑިވަޅުތަކެއްގައި ހިފައިވެސްފަ އެވެ.

ޗައިނާއިން އަނެއްކާވެސް މިވަނީ ވަރުގަދަ ފޭސް ރިކޮގްނިޝަލް ޓެކްނޮޖީއެއް އުފައްދާފަ އެވެ. މި ފަހަރު އުފެއްދީ 500 މެގަޕިކްސެލްގެ ކެމެރާ އެކެވެ. މި ކެމެރާއިން ހޯދަން ބޭނުންވާ މީހާ ކިތަންމެ ގިނަ ބަޔައެއްގެ ތެރޭގައި ހުއްޓަސް ދެނެގަނެވޭނެ އެވެ. މިއީ ފުޑަން ޔުނިވާސިޓީގެ އުފެއްދުމެކެވެ. ފުޑަން ޔުނިވާސިޓީން މިހާރު ކުރާ މަސައްކަތަކީ ކެމެރާ އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތައް އިތުރަށް ހޯދައި ބެލުމެވެ.

މިއީ އާޓިފިޝަން އިންޓެލިޖެންސް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކެމެރާއަކަށް ވުމުން، ކޮމްޕިއުޓަރުން ހޯދަން ބޭނުންވާ މީހާގެ ފޮޓޯ ކެމެރާގެ މެމޯރީގައި ސޭވް ކުރެވެ އެވެ. އަދި ކެމެރާ އޮން ކުރާއިރު ފޮޓޯގައި ހުންނަ މީހާ ހޯދުމުގެ މަސައްކަތް ކެމެރާއިން ފަށާނެ އެވެ. އެގޮތުން ދުން ގިނަވެ ބޯ ވިޔަސް އަދި ބައިބޯ ސްޓޭޑިއަމަަކަށް ވިޔަސް، ހޯދަން ބޭނުންވާ މީހާ ފެނިއްޖެނަމަ ކެމެރާއިން އެ މީހާ ފާހަގަކޮށް ސިގުނަލް ފޮނުވައި ދޭނެ އެވެ. އެހެންކަމުން މިއީ ބޭނުންތެރި އުފެއްދުމެއް ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. ޗައިނާއަކީ އަބަދުވެސް ޓެކްނޮލޮޖީގެ ތަފާތު އާލާތް އުފައްދަން ޝައުގުވެރިވާ ގައުމެކެވެ.

މިފަދަ ކެމެރާތަކެއް މީގެ ކުރީ އަހަރުތަކުގައި ވެސް ޗައިނާގައި އުފައްދާފައި ވެއެވެ. އެކަމަކު އެއީ މިއަށްވުރެ ފެންވަރުގެ ގޮތުން ދެރަ ކެމެރާތަކެވެ. އެ ކެމެރާތަކުގެ ބޭނުން އެހާ ބޮޑަށް ހިފޭނެ ގޮތެއް ވެސް ނުވި އެވެ. މިފަހަރުގެ ކެމެރާއިން މިހާތަނަށް ވަނީ 230،341 މީހުން ހޯދާފަ އެވެ. އަދި ކެމެރާގެ ޓެސްޓު ބުރުތަކުގައި އެ އަދަދު ދެ ގުނައަށް ބޮޑު ކޮށްފައި ވެ އެވެ. އެހެންކަމުން މިކެމެރާ ކުރީގެ ފޭސް ރިކޮގްނިޝަން ކެމެރާތަކަށް ވުރެ މާ ބާރުގަދަ އެވެ.

ގެއްލިގެން ހޯދާ މީހުންނާއި ކުށްވެރިން ހޯދުމުގެ ބޭނުމުގައި ފުޑަން ޔުނިވާސިޓީން މިހާރު މަސައްކަތް ކުރަނީ 500 މެގަޕިކްސެލްގެ 170 މިލިއަން ފޭސް ރިކޮގްނިޝަން ކެމެރާ އުފައްދާށެވެ. މިއީ ޗައިނާގެ ކޮންމެ 12 މީހަކަށް އެއް ކެމެރާ އެވެ.