މީޑިއާނެޓް

މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަންގައި ހަފުތާއަކު އައިފޯނެއް

ކޮންމެ އަހަރަކުވެސް ބޮޑުޗުއްޓީ އާ ދިމާކޮށް މީޑިއާނެޓުން ކުރިއަށްގެންދާ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށާ ހާއްސަ އިނާމުތަކެއް އިއުލާން ކޮށްފި އެވެ.

މިއަހަރުގެ ޕްރޮމޯޝަން ގައި ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހާއްސަ އިނާމެއް ވަނީ ދޭން ހަމަޖައްސާފަ އެވެ. މީޑިއާނެޓުން ބުނި ގޮތުގައި، ކޮންމެ ހަފްތާއަކު ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 11 އެއް ލިބޭނެ އެވެ.

"ކޮންމެ ހަފްތާ އެއް ނިމޭ ދުވަހަކު އައިސް ޓީވީން ލައިވް ކޮށް ގުުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ހޮވާ އިއުލާން ކުރެވޭނެ" މީޑިއާނެޓްގެ ޕީއާރް އެންޑް މާކެޓިން އެގްޒެކެޓިވް، ޝްވޭޚާ ޝަރީފް ބުންޏެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ގައި ބައިވެރި ވުމަށް މީޑިއާނެޓްގެ ޕެކޭޖްތަކުގެ ތެރެއިން "ވޯންޓް އިޓް އޯލް" ޕެކޭޖް އަށް ސަބްސްކްރައިބް ކުރަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. އެ ޕެކޭޖަކީ ހުރިހާ ޗެނަލް އެއް ލިބޭ ގޮތަށް ހަދާފައިވާ ޕެކޭޖް އެކެވެ.

މީގެ އިތުރުން، މީޑިއާނެޓްގެ ފްރަންޓް އޮފީސް އާއި ކުއިކް ޕޭ އަދި ބިސްނަސް ޕާޓްނަރުން މެދުވެރިކޮށް މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި މިހާރުގެ ކަސްޓަމަރުންވެސް "ވޯންޓް އިޓް އޯލް" ޕެކޭޖަށް އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލާ ހަމައަށެވެ.