ވިޔަފާރި

އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ. އަދި އދ. އަތޮޅުން

Oct 11, 2019
2

މިދިޔަ އޮކްޓޫބަރު މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅާއި އދ. އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

"ގްރީން ފަންޑު ރިޕޯޓު" ގައިވާ ގޮތުން މާލެ އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 26 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ގްރީން ޓެކުހުން ލިބުނު އދ. އަތޮޅުން 11.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު އަދަދަކުން ގްރީން ޓެކްސް ލިބުނު ބ. އަތޮޅުން ހަ މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރިސޯޓު ތަކުން އެންމެ ބޮޑު ގްރީން ޓެކުހެއް ލިބިފައިވަނީ ވެސް ކ. އަތޮޅުންނެވެ. މާލެ އަތޮޅުގެ ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މާލެ އަތޮޅުގެ ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި 765,931.38ރ. ލިބިފައިވެ އެވެ. އަދި މާލެ ސިޓީގައި ހިމެނޭ ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި 803,433.91ރ. ލިބިފައިވެ އެވެ.

ގްރީން ޓެކުހުގެ ގޮތުގައި އޮގަސްޓް މަހު ޖުމްލަ ލިބިފައިވަނީ 72 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ގެސްޓްހައުސް ތަކުން ލިބިފައިވަނީ ދެ މިލިއަން ރުފިޔާ އެވެ. އަދި ހޮޓާ ތަކުން 1.4 މިލިއަން ރުފިޔާ ލިބިފައިވާއިރު ރިސޯޓު ތަކުން ލިބިފައިވަނީ 67 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް 580 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ. އަދި ފަންޑުން 192 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު ފަންޑުގައި ބާކީ 388 މިލިއަން ރުފިޔާ އެބަހުއްޓެވެ.