ހަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ހަރަކާތްތައް ބައްލަވާލައްވައިފި

Oct 10, 2019

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްލަވާލައްވައިފި އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެ ހަރަކާތް ހިންގަނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން އިންތިޒާމުކޮށްގެން ނެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ކުރިޔަށްގެންދާ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުރެއްވި އެ ޒިޔާރަތުގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފެކަލްޓީގެ ދަރިވަރުން ބަހައްޓާފައިހުރި މައުލޫމާތު ދޭ ޑެސްކްތަކަށް ޒިޔާރަތްކުރައްވައި އެކަމަނާ ވަނީ މައުލޫމާތު ހޯއްދަވާފައި އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ފެކަލްޓީ އޮފް ހެލްތް ސައިންސްސަސް އިން ކުރިޔަށްގެންދާ އެ ހަރަކާތަކީ އެ ފެކަލްޓީގެ ޑިޕާޓްމަންޓް އޮފް ވެލްނަސްގެ މުވައްޒަފުންނާއި އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ކޯސްތަކުގެ ދަރިވަރުން އިސްނަގައިގެން ބާއްވާ ހަރަކާތްތަކެ ކެވެ.