ވައްކަން

ތިޖޫރީއެއް ފަޅާލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ދ. ކުޑަހުވަދޫގައި ހުރި އޮފީހެއްގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ އެތާނގެ ތިޖޫރީ ފަޅާލަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި، ކުޑަހުވަދޫ ބީޗު ކުރޫޒާ އޮފީހަށް ވަދެ އެ އޮފީހުގެ ތިޖޫރީ ހަލާކު ކޮށްލައިގެން ވައްކަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ 43 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާއަށް ތިޖޫރީ ހަލާކު ކޮށްލެވިފައި ނުވާތީ އެއްވެސް ފައިސާއެއް ވަގަށް ނެގިފައިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.