ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ދަރިވަރުންގެ މުސްތަގުބަލަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި ރަނގަޅު ނާސްތާ ނުލިބޭ ކުދިން ވިޔާނުދާ މަގުން ގޮސް ހަކުރު ވިއްކާ، ހަނގުރާމައަށް ދިއުމުގެ ފުރުސަތު ބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އއ. ތޮއްޑޫ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅު ގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ސުކޫލު ދަރިވަރުންނަށް ހެދުނުގެ ނާސްތާގެ ގޮތުގައި "ދެ ވަށް ދޮންކޭލާ ކިރުތައްޓެއް" ދޭ ވާހަކަ ދެއްކެވީ ވަަރަށް މުހިންމު މަގްސަދެއްގައި ކަމަށެވެ. ރަނގަޅު ނާސްތާ ނުލިބޭ ދަރިވަރުންނަށް ކިޔެވުމުގައި ކާމިޔާބު ހޯދަން އުނދަގޫވާ ކަމަށާ އަދި އެފަދަ ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން އެކަށީގެންވާ އަހަންމިއްޔަތެއް ނުދެވުމުން ނުބައި މަގުން ދިއުމުގެ ފުުރުސަތު ބޮޑުވާ ކަމަށެވެ.
އެގޮތުން ދަށް ގުރޭޑްތަކުގައި ކިޔަވަން ފަށާ ހިސާބުން ދަރިވަރުގެ އުޅުމަށް ބަދަލު އައިސް ކިޔެވުމާ ދުރަށްދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެން އެ ކުއްޖާ މަޑުމަޑުން ކުލާހުގައި ދަށްވަމުން ދަނީ. ދެން ގްރޭޑް ހަތަރެއް ފަހަކަށް ދިޔައީމާ އޭނާ އެންމެ ފަހުން ފެއިލްވަނީ. ހައެއް ހަތަކުން މަދަރުސާއިން ކެނޑެނީ... ވިއްސަކަަށް އަށާރަ ވަރަކަށް އަހަރުވެލާއިރުގައި އެންމެ ގޯސްކޮށް ދިޔައީމަ އެނާ އެ ހުންނަނީ ވަޅިއެއް ހިފައިގެން، ނޫނީ އެ ހުންނަނީ ހަކުރު ވިއްކަން! އެހެން ނޫނީ [އޭނާ] ގޭނގަކަށް ވަދެއްޖެ!" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަގުން ކައްސާލައިގެން ދިޔަ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ސުކޫލު ދައުރުގައި ނާސްތާ ނުލިބުނު ކުދިން ކަމަށާއި ނާސްތާ ނުލިބުމަކީ ދަރިވަރުން ކުރި އެރުމަށް އޮންނަ ސަބަބުތަކަށް ހުރަސްއަޅާ ކަމެއް ކަމަށެވެ.
ދެން އެ ކުއްޖާ މަޑުމަޑުން ކުލާހުގައި ދަށްވަމުން ދަނީ. ދެން ގްރޭޑް ހަތަރެއް ފަހަކަށް ދިޔައީމާ އޭނާ އެންމެ ފަހުން ފެއިލްވަނީ. ހައެއް ހަތަކުން މަދަރުސާއިން ކެނޑެނީ... ވިއްސަކަަށް އަށާރަ ވަރަކަށް އަހަރުވެލާއިރުގައި އެންމެ ގޯސްކޮށް ދިޔައީމަ އެނާ އެ ހުންނަނީ ވަޅިއެއް ހިފައިން، ނޫނީ އެ ހުންނަނީ ހަކުރު ވިއްކަން! އެހެން ނޫނީ ގޭނގަކަށް ވަދެއްޖެ!މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
ނަޝީދު ވިދާޅުވީ ދާދިފަހުން ވެސް ގޭންގުތަކުގައި ނުވަތަ މަގުން ކައްސާލައިގެން ދާ ކުދިންގެ ކަންކަން އެ މަނިކުފާނު ބެއްލެވި ކަމަށެވެ،
"އަޅުގަނޑު ބެލިން އެ ކުދިންގެ ބަރުދަން ކިރާ ޗާޓް، އެ ޗާޓުގައި އޭނާ ފަސް އަހަރު ވަމުންދިޔަ އިރުގައި، ފަސް އަހަރާ ހަމައަށް ކިރަމުންދިޔަ އިރުގައި އޭނާގެ ޗާޓް އިނީ ކިހިނެތްބާއޭ...! ޖަލުން އަޅުގަނޑާ ވަރަށް ގިނައިން ދިމާވާނީ އެ ފަސް އަހަރުގެ ޗާޓްގައި ބަރުދަން ރަނގަޅަށް ނުލިބި ތިބި ކުދިންގެ. އެއީ ހެނދުނު މަދަރުސާއަށް ސައި ނުބޮއި އައި ކުދިން، އަންނަން ޖެހުނު ކުދިން. އެހެންވީމަ އެ ސަބަބު ވެސް އޮވެގެން ކުރި ނޭރުނު ކުދިން. އެހެންވީމަ އެންމެ ފަހުން އައިސް މަގުން ކައްސާލާ މަގުމައްޗަށް ގިނަވެ، މާރާމާރީ ހިންގަން ތިބި ކުދިން. އެހެންވީމަ މަގު އޮޅިގެން ގޮސް އެހެން ގައުމުތަކަށް ހަނގުރާމައަށް ދާ ކުދިން." ނަޝީދު ވިދާޅުވި އެވެ.
ޖަލުން އަޅުގަނޑާ ވަރަށް ގިނައިން ދިމާވާނީ އެ ފަސް އަހަރުގެ ޗާޓްގައި ބަރުދަން ރަނގަޅަށް ނުލިބި ތިބި ކުދިންގެ. އެއީ ހެނދުނު މަދަރުސާއަށް ސައި ނުބޮއި އައި ކުދިން، އަންނަން ޖެހުނު ކުދިން. އެހެންވީމަ އެ ސަބަބު ވެސް އޮވެގެން ކުރި ނޭރުނު ކުދިން. އެހެންވީމަ އެންމެ ފަހުން އައިސް މަގުން ކައްސާލާ މަގުމައްޗަށް ގިނަވެ، މާރާމާރީ ހިންގަން ތިބި ކުދިން. އެހެންވީމަ މަގު އޮޅިގެން ގޮސް އެހެން ގައުމުތަކަށް ހަނގުރާމައަށް ދާ ކުދިންމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
ނަޝީދު ވިދާޅުވީ މިހާރު ފެށިފައިވާ ހެދުނުގެ ނާސްތާގެ ރަނގަޅު ނަތީޖާ 15 ވަރަކަށް އަހަރު ފަހުން ފެންނާނެ ކަމަށެވެ.
ދަރިވަރުންނަށް ނަސޭހަތެރި ވަމުން ނަޝީދު ވިދާޅުވީ ކާމިޔާބީގައި ހިތްތިރި ކުރުމަށާއި، މޮޅުވާ ކުދިން "އެހާ ފޮނި" ނުވުމަށެވެ. އަދި ނާކާމިޔާބުވާ ދަރިވަރުން ހިތްވަރު ގަދަކޮށް އުންމީދު ނަގާނުލުމަށް ގޮވާލެއްވި އެވެ. ކާމިޔާބުގެ ފޮނި ކަމަކީ ނާކާމިޔާބީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދު ވަނީ ޣިޔާސުއްދީނުގެ ޕްރައިޒް ޑޭގެ ހަފުލާ ވެސ ޝަރަފުވެރި ކޮށްދެއްވާފަ އެވެ. އެ ހަފުލާގައި ބުރުގާއާ ގުޅުވައި ކުރީގެ ރައީސް ދެއްކެވި ވާހަކަތަކާ ގުޅިގެން ހޫނުވެ ފާޑުކިޔުން އަމާޒުވި އެވެ.