ކުޅިވަރު

ސަމްޕްޑޯރިއާގެ ކޯޗަކަށް ރަނިއޭރީ

އިޓާލީގެ ސަމްޕްޑޯރީގެ ކޯޗަކަށް، ލެސްޓާ ސިޓީގެ ލެޖެންޑަރީ ކޯޗް ކުލައުޑީއޯ ރަނިއޭރީ ހަމަޖައްސައިފި އެވެ.

އިންގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ލެސްޓާއަށް ހޯދައިން ކޯޗް އެންމެ ފަހުން މަސައްކަތް ކުރީ ވަގުތީ ކޯޗެއްގެ ގޮތުގައި ރޯމާގަ އެވެ. މިދިޔަ ސީޒަންގެ އެންްމެ ފަހު ތިން މަހުގައި އެ ޓީމަށް ކޯޗް ކޮށްދީ ގަދަ ހައެއްގެ ތެރެއަށް އެ ޓީމު ގެންގޮސްދިނެވެ.

ސަމްޕްޑޯރިއާގެ ކޯޗަކަށް މި ސީޒަން ފެށުނު އިރު ހުރި އިއުސޭބިއޯ ޑި ފްރެންޗިސްކޯގެ ކޯޗް ކަމުގެ ދަށުން ލީގްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ސަމްޕްޑޯރިއާ މޮޅުވީ އެއް މެޗުންނެވެ. ދެން ކުޅުނު ހަމަ މެޗުން ވެސް ވީ ބައްޔެވެ. އެޓީމު އޮތީ ލީގްގެ ފުލުގަ އެވެ. މިދިޔަ ސީޒަންގައި ރޯމާގެ ކޯޗުކަން ވެސް ރަނިއޭރީއާ ހަވާލު ކުރީ ޑި ފްރެންޗިސްކޯ ވަކި ކުރުމަށް ފަހު އެވެ.

ރަނިއޭރީ އާއެކު ސަމްޑޯރިއާއިން ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އޭނާ ކުރިން ކޯޗް ކޮށްދިން ރޯމާ އާ ދެކޮޅަށެވެ.