ހަބަރު

އޮފިސަރުން އިސްވެ ޖަލު ރަނގަޅު ކުރަން ޖެހޭ: އިމްރާން

ޖަލުތަކުގައި ރަނގަޅު ކުރަން ހުރި ކަންކަން ކަރެކްޝަންގެ މުވައްޒިފުން އަމިއްލައަށް އިސް ނަގައިގެން އިސްލާހު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.

ކަރެކްޝަންގެ މެދު ފަންތީގެ މެނޭޖްމެންޓުގައި މަސައްކަތް ކުރައްވާ އޮފިސަރުންނަށް މިއަދު ފެށި ތަމްރީނު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ތަމްރީނުތައް ނިންމުމަށްފަހު ކޮންމެ އޮފިސަރަކު ވެސް އަމިއްލައަށް އިސް ނަގައިގެން ޖަލުގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ފެށުމުން ނޫނީ ހާލަތު ރަނގަޅު ނުވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، ޖަލު އޮފިސަރުންނަށް އަމާޒު ކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ، ރާއްޖޭގެ ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭ ގޮތަށް ހިންގޭ ތަނަކަށް ހެނދުމުގެ ގޮތުން ކަމަށެވެ. އަދި ބަންދު ކުރެވޭ ގައިދީންނަކީ ޖަލުން މިނިވަންވާއިރު މުޖްތަމައަށް ފައިދާހުރި ބަޔަކަށް ހެނދުމަކީ ވެސް އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމްތަށް ހިންގުމުގެ އެއް ސަބަބު ކަމަށެވެ.