ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފައްދައިފި

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ގަރާރަކުން އުފެއްދި އެ ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރި ކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށް ދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް ކަމަށެވެ.

އެ ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 150،000 ރުފިޔާ އެވެ.

އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމުގެ ހައްގު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެކެވެ.