ހަބަރު

ބިޒްނަސްއިން ވަނަ ހޯދި ޔަޒާނަށް އެމްއެމްއޭގެ ސްކޮލަޝިޕް

Oct 15, 2019
5

އެކައުންޓިން އާއި ބިޒްނަސް އިން ދުނިޔޭގެ އެއްވަނަ ހޯދި އަބްދުﷲ ޔަޒާން ރަޝީދު ރާއްޖެއިން ބޭރުގައި ކިޔަވަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ސްކޮލާޝިޕެއް ދީފި އެވެ.

އޮސްޓްރޭލިއަން ޔުނިވާސިޓީގައި ބެޗްލާސް ޑިގްރީއަށް ކިޔަވަން އެމްއެމްއޭ އިން ޔަޒާންއަށް ސްކޮލާޝިޕް ހަވާލު ކޮށްދެއްވީ ގަވަރުނަރު އަލީ ހާޝިމެވެ. ޔަޒާންއަށް ދިން އެ ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ކުރާނީ މަރުކަޒީ ބޭންކުންނެވެ.

ސާނަވީ އިމްތިހާނުގައި ވެސް ގިނަ ވަނަ ތަކެއް ހޯދާފައިވާ ޔަޒާން ބުނި ގޮތުގައި އެފަދަ ފުރުސަތެއް ލިބޭނެ ކަމަށް ދުވަހަކު ވެސް އޭނާ އުންމީދެއް ނުކުރެ އެވެ.

"އެއްގޮތަކަށް ވެސް އުންމީދެއް ނުކުރަން މިފަދަ ފުރުސަތެއް ލިބޭނެ ކަމަށް. މިއީ ލައިފް ޓައިމްގައި ވެސް ލިބޭނެ އެންމެ ބޮޑު ފުރުސަތު. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެމްއެމްއޭ އަށް،" ޔަޒާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސްކޫލްގައި ކިޔެވިއިރު ވެސް ފައިނޭންސާ ގުޅުންހުރި މާއްދާ ތަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރެ އެވެ.

"ހާއްސަކޮށް އެކައުންޓިން އާއި އިކޮނޮމިކްސް އަށް ވަަރަށް ޝައުގުވެރިކަން ހުރޭ،" ޔަޒާން ބުންޏެވެ.