ވިޔަފާރި

ރާއްޖޭން މެކްސިކޯއަށް ދާން އެމިރޭޓްސްއިން ހާއްސަ އަގެއް

Oct 15, 2019

އެމިރޭޓްސް އެއާލައިނުން ރާއްޖެ އިން މެކްސިކޯ އަށް ދާން ހާއްސަ ފެއާއެއް ތައާރަފުކޮށްފި އެވެ.

އެމިރޭޓްސް އެއާލައިނުން ތައާރަފުކޮށްފައިވާ މި ހާއްސަ ފެއާގެ ވެރިރަށް، މެކްސިކޯ ސިޓީ އަށް ދާން އިކޮނޮމީ ކްލާހުގެ ދެ ކޮޅު ޓިކެޓު 2،438 ޑޮލަރު (37،594ރ.) އަށް ވިއްކަ އެވެ.

މި އަގުގައި ޓިކެޓު ލިބޭނީ އަންނަ މަހުގެ ހަތަރުން ފެށިގެން ޓިކެޓް ބުކް ކުރުމުންނެވެ. މި ފެއާގައި ޓިކެޓު ނަގާ މީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހުން ފެށިފެން އަންނަ އަހަރުގެ 31 އޮގަސްޓުގެ ނިޔަލަށް ލިބޭނެ އެވެ.

އެމިރޭޓްސް އިން ބުނި ގޮތުގައި އަލަށް ތައާރަފު ކުރި އަގުގައި މެކްސިކޯ ސިޓީއަށް އެ އެއާލައިނުން ދަތުރު ކުރަން ބޭނުން ކުރާނީ 38 ބިޒްނަސް ސީޓާއި 264 އިކޮނޮމީ ސީޓް ހުންނަ ބޮއިން 200-777 އެލްއާރު ބޯޓުގައި ކަމަށެވެ.