ހަބަރު

ހުޅުމާލެ ނެރުމައްޗަށް ކޮޅުވެއްޓިއެއް އުރިއްޖެ

ހުޅުމާލެ ނެރުމައްޗަށް ވާގޮތަށް ބިއްވެ ކޮޅުވެއްޓިއެއް އުރިއްޖެ އެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ނެރުމައްޗަށް ކޮޅުވެއްޓިއެއް އުރިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 8:00 ޖަހާއެކާންހާއިރު ފުލުހަށް ރިޕޯޓު ކުރި ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި މެރިން ޕޮލިސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގައި ކޮޅުވެއްޓިން ޖެހި ނެރުމަތީގައި ޖަހާފައި ހުރި ނެރު ބައްތި ވެއްޓިފައި ވެއެވެ.