ގާސިމް އިބްރާހިމް

މިނިމަމްވޭޖް ބޮޑު ޒަޚަރަކަށް ވެގެން ނުވާނެ: ގާސިމް

ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅާއިރު އެކަން ކުރަންވާނީ ވަރަށް ޕްރޮފެޝަނަލްކޮށް ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށާ އެހެން ނޫންނަމަ އެކަން ވަރަށް ބޮޑު ޒަޚަރަކަށް ވެގެންދާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މިނިމަަމްވޭޖް ކަނޑައެޅުމާ އެމަނިކުފާނު ދެކޮޅު ނުހައްދަވާ ކަމަށެވެ. އަދި އެއީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މަސައްކަތް ކުރަންވާނީ ވަރަށް ޕްރޮފެޝަނަލްކޮށް އެހެން ގައުމުތަކުންވެސް އެ މަސައްކަތް ކޮށްފައިވާ ގޮތް ނަމޫނާ އަކަށް ބަލައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިނިވަންވޭޖްގެ ގާނޫނެއް ހަދާއިރު ވަކި ދާއިރާއަކުން އެކަނި މުސާރައިގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ސެކްޓާތަކަކަށްވެސް އެއް ހަމައަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިނިމަމްވޭޖް ކަނޑައަޅާފައިވޭ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ވެދާނެ ވަރަށް ބޮޑު ޒަޚަރަށްވެސް. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާއެކު، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ކުރައްވަންވާނީ.. ވަކި ސެކްޓަރަކަށް ވަކި ދާއިރާއަކަށް ނުވަތަ ވަކި މީހަކަށް މާ ބޮޑު ބުރައެއް އަންނަ ގޮތަކަށް، ވަކި ސެކްޓަރެއްގައި މަސައްކަތް ކުރާ ބަޔަކަށް މިނިވަންވޭޖަކީ މިއޭ.. އެޔޭ.. ކިޔައިގެން ކަނޑައަޅަން ވެއްޖެނަމަ އެ މުޅިން ގޯސްވީ. އެހާ ހިސާބުން މުޅި އިންޑަސްޓްރީ ހަލާކުވެގެންދާނީ. އެއީ ޓްއަރިޒަމް އިންޑަސްޓްރީވިޔަސް، މަސްވެރިކަން ވިޔަސް އަދި އިމާރާތް ކުރުމުގެ ދާއިރާ ވިޔަސް." ފަސްހާހަށްވުރެ ގިނަ މުވައްޒިފުން ވަޒީފާ އަދާކުރަމުންދާ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިނިމަމްވޭޖް ކަނޑައަޅާފައިވޭ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ވެދާނެ ވަރަށް ބޮޑު ޒަޚަރަށްވެސް. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާއެކު، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ކުރައްވަންވާނީ.. ވަކި ސެކްޓަރަކަށް ވަކި ދާއިރާއަކަށް ނުވަތަ ވަކި މީހަކަށް މާ ބޮޑު ބުރައެއް އަންނަ ގޮތަކަށް، ވަކި ސެކްޓަރެއްގައި މަސައްކަތް ކުރާ ބަޔަކަށް މިނިވަންވޭޖަކީ މިއޭ.. އެޔޭ.. ކިޔައިގެން ކަނޑައަޅަން ވެއްޖެނަމަ އެ މުޅިން ގޯސްވީ. އެހާ ހިސާބުން މުޅި އިންޑަސްޓްރީ ހަލާކުވެގެންދާނީ. އެއީ ޓްއަރިޒަމް އިންޑަސްޓްރީވިޔަސް، މަސްވެރިކަން ވިޔަސް އަދި އިމާރާތް ކުރުމުގެ ދާއިރާ ވިޔަސް
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ކޮންމެ ގައުމަކުންވެސް އުފުލަންޖެހޭނީ އެ ގައުމެއްގެ ފުދުންތެރިކަމަށް އެކަށޭނަ ވަރުގެ ކަންކަމެވެ. އެ ނޫންގޮތަކަށް ގައުމުގެ ސިޔާސަތުތައް ބައްޓަންވާނަމަ ގައުމު ހަލާކުގެ ތެރެއަށް ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނުއުުފުލޭވަރުގެ ބޮޑު ބުރައެއް އުފުލަންވެއްޖެނަމަ އަޅުގަނޑުމެން ދާނީ ހަލާކުވެގެން. އަޅުގަނޑުމެންގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަންވެސް ދާނީ ފުޑުފުޑުވެގެންް. އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ. ގައުމަށް ލިބޭ ހުރިހާ އާމްދަނީއެއް ދާނީ ތަފާތު ގޮތްގޮތަށް ބޭރުވެގެން." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންކަމް ޓެކްސް ނެންގެވުމުގައިވެސް އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު އެކަން ކުރެއްވުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ގައުމުގެ ކޮންމެ ފަރުދަކުވެސް އިންކަމް ޓެކްސް ނެގޭކަމުގައި ވާނަމަ އެމީހަކަށް ލިބޭ އެއްޗަކުން އިންކަމް ޓެކްސް ދައްކަން ޖެހޭނެ. ވަކި ބަޔަކު އެއިން އެކްސްކުލޫސިވް ކޮށްގެން ނުވަތަ ވަކި ބަޔަކު އޭގެން އެކްސްކްލޫޑް ކޮށްގެން ނުހިމަނާ ދާގޮތަށް ދިއުމަކީ އެއީ އިންސާފެއް ނޫން. އެއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އޭނާއަކީ އެންމެންވެސް ވާނީ އެއްވަރު. ލިބޭ މިންވަރު ކުޑަނަމަ ދައްކާ އެއްޗެއްވެސް ކުޑަވާނެ. އެހެން ނަމަވެސް އޭނަގެ ބައިވެރިވުން އޮންނަން ވާނެ. އެއީ ގައުމިއްޔަތަށްޓަކައި، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި." ގާސިމް ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ގައުމުގެ ކޮންމެ ފަރުދަކުވެސް އިންކަމް ޓެކްސް ނެގޭކަމުގައި ވާނަމަ އެމީހަކަށް ލިބޭ އެއްޗަކުން އިންކަމް ޓެކްސް ދައްކަން ޖެހޭނެ. ވަކި ބަޔަކު އެއިން އެކްސްކުލޫސިވް ކޮށްގެން ނުވަތަ ވަކި ބަޔަކު އޭގެން އެކްސްކްލޫޑް ކޮށްގެން ނުހިމަނާ ދާގޮތަށް ދިއުމަކީ އެއީ އިންސާފެއް ނޫން. އެއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އޭނާއަކީ އެންމެންވެސް ވާނީ އެއްވަރު. ލިބޭ މިންވަރު ކުޑަނަމަ ދައްކާ އެއްޗެއްވެސް ކުޑަވާނެ. އެހެން ނަމަވެސް އޭނަގެ ބައިވެރިވުން އޮންނަން ވާނެ. އެއީ ގައުމިއްޔަތަށްޓަކައި، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ އިންކަމް ޓެކްސް ނަގާނަމަ ކޮންމެ މީހެއްގެ އަތުންވެސް ޓެކްސް ނަގަން ޖެހޭ ކަމަށެވެ. އެގޮތުން އެމީހަކަށް ލިބޭ އެއްޗެއްގެ ނިސްބަތުން ކޮންމެވެސް މިންވަރެއް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކުގައިވެސް އިންކަމް ޓެކްސް ނަގަމުންދަނީ އެންމެންގެ ބައިވެެރިވުން އެކަމުގައި އޮވެގެން ކަމަށް ވިދާޅުވިއެވެ.