މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޖަމިއްްޔާއެއް އުފައްދާ ރަޖިސްޓާ ކޮށްފި އެވެ.
މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ނަމުގައި ޔޫތު މިނިސްޓްރީން އިއްޔެ ވަނީ މި ޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފަ އެވެ.
މި ޖަމިއްޔާގެ މަގްސަދަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ހިމާޔަތްކޮށް ދިފާއުކުރުމާއި ކުލީ ދިރިއުޅުމާއި ބޯހިޔާވަހިކަމާއި ގުޅޭ ކެމްޕެއިންތަައް ހިންގުން ކަމަށް އެ ޖަމިއްްޔާ އިން ބުންޏެވެ.
އެގޮތުން، ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް ގާނޫނެއް ހެދުމަށް ބާރުއެޅުމާއި ކުލި ކޮންޓުރޯލުކުރުމަށް ބާރު އަޅާނެ ކަމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ވެ އެވެ. އަދި ކޮންޓްރެކްޓު ހެދުމާއި ކުއްޔާ ގުޅިގެން ދިމާވާ މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަން ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.
"މާލޭ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭމީހުންނަކީ މާލޭގެ އާބާދީގެ %63 ނުވަތަ މެޖޯރިޓީ. މިހާ ގިނަބަޔެއްގެ އެދުންތަކަށް އެތަކެއް ދުވަސްވީ އިރުވެސް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތީ ކުއްޔަށް އުޅޭމީހުންގެ ސީދާޖަމިއްޔާއެއް ނެތުމުން ކަމުގައި ވެދާނެ" ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާގެ މުއައްސިސުންނަކީ ޝާއިން ޔޫސުފާއި އަބްދުﷲ ފަރާޒް އަދި މައުރިފާ ހަސަނެވެ. ޖަމިއްޔާ ރަޖިސްޓަރީ ކޮށްފައި ވަނީ އައްޑޫގެ ގެ އެއްގަ އެވެ.