އަންނަ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި، ޔުނައިޓެޑްގެ މީޑްފީލްޑާ ޕައުލް ޕޮގްބާއަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެ އެވެ.
އެ މެޗްގައި ކީޕަރު ޑޭވިޑް ޑެހެއާ ކުޅެވިދާނެ ކަމާމެދު ވެސް ޝައްކެވެ. ޕޮގްބާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަދިވެސް ރިކަވާއެއް ނުވެ އެވެ. އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ މަހު 30 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ޑެހެއާއަށް އަނިޔާވީ އަންގާރަ ދުވަހުގެ ރޭ ޔޫރޯ ކޮލިފިކޭޝަންގައި ސްވިޑެން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭނާގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއާ ގުޅިގެން މިއަދު އިތުރު ޓެސްޓްތައް ހައްދާނެ އެވެ.
ޑެހެއާގެ ބަދަލުގައި ޔުނައިޓެޑްގެ ގޯލް ބަލަހައްޓާނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އެވެ. ކަރަބޯއޯ ކަޕްގައި ޔުނައިޓެޑްގެ ގޯލް ބަލަހައްޓާނީ ވެސް އޭނާ އެވެ.
ލިވަޕޫލާއި ޔުނައިޓެޑްގެ ކަުރިމަތިލުމަކީ އިނގިރޭސި ވިލާތުގެ އެންމެ ފޯރިގަދަ ކުރިމަތިލުމެވެ. ޔުނައިޓެޑް އޮތީ ރެލިގޭޝަން ޒޯން އާ ދެ ޕޮއިންޓާ ކައިރީގަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.