މެސީ

އެންމެ ހާއްސައީ ޗެމްޕިއަންސް ލީގް: މެސީ

ކުލަބު ލެވަލްގައި އެންމެ ހާއްސަ މުބާރާތަކީ ޔޫއެފާ ޗެމްޕިއަންސް ލީގް ކަމަށް، ޔޫރަޕްގެ ރަން ބޫޓު ހަ ވަނަ ފަހަރަށް ހޯދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީއަށް ވުރެ ގިނައިން އެހެން ކުޅުންތެރިޔަކަށް އެ އެވޯޑް ލިބިފައެއް ނުވެ އެވެ. އެވޯޑަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނީ ބާސެލޯނާއަށް އެންމެ ހާއްސަ މުބާރަތަކީ ޗެމްޕިއަންސް ލީގް ކަމަށާއި ނަމަވެސް ސްޕެނިޝް ލީގާއި ކަޕް ވެސް މުހިންމު ކަމަށެވެ.

ފީފާގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހަ ވަނަ ފަހަރަށް ހޯދި މެސީ ބުނީ، ބާސެލޯނާއިން މި ސީޒަންގައި އެންމެ ބޮޑު އަމާޒެއް ކަނޑައަޅާފައި ވަނީ ސީޒަންގެ ބޮޑު ތިން މުބާރާތް ވެސް ކާމިޔާބު ކުރަން ކަމަށެވެ.

އޭނާ ބުނީ، ރަން ބޫޓް އޭނާއަށް ލިބުނު ނަމަވެސް އެއީ މުޅި ޓީމުގެ ހިއްސާއެއް ކަމަށެވެ.

"އަހަންނަށް ރަން ބޫޓް ނުލިބޭނެ ޓީމުގެ ހިއްސާއެއް ނެތި މިއީ މުޅި ޗޭޖިން ރޫމުގެ ހިއްސާއެއް." މެސީ ބުންޏެވެ.