ހަބަރު

ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

Oct 17, 2019
1

ބަނގުރާފުޅި ތަކަކާއެކު ހުޅުމާލޭން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 8:00 ހާއިރު ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ދަބަހެއް ހިފައިގެން އުޅުނު ބީދޭސީ މީހެއް ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ހަ ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބަނގުލަދޭޝް މީހެއް ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅޭ މައްސަލަތައް ވަނީ އާންމުވެފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހު، އއ. ތޮއްޑޫ ގެސްޓްހައުސްއެއްގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.