ތަކަންދޫ

ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

Oct 18, 2019
2

ހއ. ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ތަކަންދޫގައި ލެބޯޓަރީ ޚިދުމަތް ދޭން ފަށަން މިއަދު ހަވީރު އެ ރަށުގެ ހެލްތު ސެންޓަރު ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓަރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށީ އެ ރަށުގައި ސިއްހީ މަރުކަޒެއްގެ ހިދުމަތް ފެށިތާ 15 އަހަރު ފަހުންނެވެ.

ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އާންމުކޮށް އެފަދަ ލެބޯޓަރީތަކުން ހެދޭ ޓެސްޓްތައް ތަކަންދޫ ސިއްހީ މަރުކަޒުން ހެދޭނެ އެވެ. އެގޮތުން ލޭގެ ޓެސްޓްތަކާއި ޔޫރީން އަދި ކޮލެސްޓްރޯލް ޓެސްޓްތައް ހެދޭނެ އެވެ.

މީގެ ކުރިން ތަކަންދޫގެ ރައްޔިތުން އެފަދަ ޓެސްޓްތައް ހަދަން ދިޔައީ ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓަށެވެ.