ކުށްކުރުން

ވައިގެ މަގުން އައްޑޫއަށް ޑްރަގު ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

Oct 19, 2019

ވައިގެ މަގުން އައްޑޫއަށް މަސްތަކުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 1:00 ޖަހާ އެހާކަންހާއިރު، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ އެއާޕޯޓުން ހުއްޓުވައި، ބަލާ ފާސް ކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހި ހުރި ކޮތަޅެއް ފެނިފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށް، މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.