ހަބަރު

ރަޖިސްޓާވާން ބިދޭސީން ދަނޑު ފުރާލައިފި

Oct 19, 2019
3

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓާ ކުރުމުގެ މަސައްކަތް މެދު ކެނޑިފައި އޮތުމަށް ފަހު އެކަން އަލުން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ނިންމާފައި ވަނީ ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް ކޮންމެ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔުމަށެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ މަސައްކަތް ކުރިޔަކަށް ނުގެންދެ އެވެ.

އެ މިނިސްޓްރީ އިން އަނެއްކާވެސް ވަނީ ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް މިއަދު ހެނދުނު 7:30 ހާއިރު ވަނީ ފަށައިފަ އެވެ. ނަމަވެސް ރޭއްސުރެން ގަލޮޅު ދަނޑު ކައިރީ އެތަށް ސަތޭކަ ބިދޭސީންނެއް ވަނީ ކިއޫ ހަދައިފަ އެވެ. އަދި ހެނދުނު އެތަށް ހާސް ބިދޭސީންނެއް ދަނޑަށް ޖަމާވެ ދަނޑު ފުރައިލި އެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.