ޓެކްނޯލޮޖީ

އިންޓަނެޓް ސްޕީޑު އަވަސް ކުރަން 40،000 ސެޓްލައިޓް!

އިންޓަނެޓުގެ ސްޕީޑް އަވަސް ހިދުމަތް ލިބުމަކީ އިންޓަނެޓް ބޭނުންކުރާ ހުރިހާ މީހުން ވެސް އެދޭ ކަމެކެވެ. ލޯޑު ނުވެގެން ފަސް ސިކުންތަށް މަޑު ކޮށްލަން ޖެހުމަކީ ވެސް ކެތްތެރިކަން ކޮޅުންލާ ކަމެކެވެ. މި ތުރާތަކަށް ނިމުމެއް ގެނައުމުގެ ބޭނުމުގައި ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން ދަނީ ތަފާތު ޓެކްނެލޮޖީ ބޭނުން ކުރަމުންނެވެ. ޓޫޖީން ފެށިގެން މިހާރު މިވަނީ ފައިވް ޖީ އަށް ވެސް އައިސްފަ އެވެ. އެކަމަކު ވެސް އިންޓަނެޓް ފާސްޓެއް ނުވެ އެވެ. މިއީ ކިހެނެތްވާ ކަމެއް ހެއްޔެވެ؟

ޓެލޮކޮމިއުނިކޭޝަން ކުންފުނިތަކުން އިންޓަނެޓުގެ ހިދުމަތް ދިނުމަތް ބޭނުންކުރަނީ ސެޓްލައިޓުތަކެވެ. ކޮންމެ އަހަރަކު ވެސް މި ކުންފުނިތަކުން އެކިއެކި ނަންތައް ކިޔައި އިންޓެނުގެ އާ ވައްތަރުތައް ތައާރަފުކުރެ އެވެ. ނަމަވެސް އިންޓަނެޓުގެ ސްޕީޑު އުޅެނީ ޓޫޖީ ގައި ކަމަށް ޔޫޒަރުން ބުނެ އެވެ.

އޮންލައިން މެގަޒިން ކަމަށްވާ ފޯބުސް ރިޕޯޓް ކުރާ ގޮތުގައި ދުނިޔޭގައި މުވާސަލާތީ ހިދުމަތްދޭ 750 ކުންފުނި ވެއެވެ. އެކަމަކު މުޅި އިންޑަސްޓްރީ ބިނާވެފައިވަނީ އެންމެ 54 ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސެޓްލައިޓުތަކަށެވެ.

އިންޓަނެޓުގެ ހިދުމަތް ލަސްވަނީ އަލަށް ތައާރަފްކުރާ ޓެކްނޮލޮޖީތަކާ އެއްވަރުގެ ކޭޕެބިލިޓީސްތައް ސެޓްލައިޓު ތަކުގައި އިންސްޓޯލް ކޮށްފައި ނުވުމުންނެވެ. ފައިވްޖީ ތައާރަފުކުރި ނަމަވެސް ބައެއް ގައުމުތަކަށް ފައިވްޖީ ފުރިހަމަ ހިދުމަތް ނުލިބެގެން އުޅެނީ މި ސެޓްލައިޓުތަކަށް ބާރު ބޮޑުވާތީ ކަމަށް ފޯބުސްގައި ބުނެފައިވެ އެެވެ.

ފައިވްޖީ ގެ ހިދުމަތް ދުނިޔެއަށް ފުޅާ ކުރުމުގެ ބޭނުމުގައި ސްޕޭސް އެކްސްއިން ވަނީ 40،000 ކުދި ސެޓްލައިޓު ޖައްވަށް ފޮނުވަން ނިންމާފަ އެވެ. މިކަން ކުރާނީ މަޝްހޫރު އޮންލައިން ވިޔަފާރި އެމެޒަން އާއި ގުޅިގެންނެވެ. މި 40،000 ސެޓްލައިޓު ޖައްވަށް ފޮނުވާލާނީ އެއް ފަހަރާ އެވެ. އެހެންކަމުން މިއީ ތާރީހީ އިވެންޓަކަށް ވެގެންދާނެ އެވެ.

ސްޕޭސް އެކްސް ކުންފުނިން މި ސެޓްލައިޓުތައް ޖައްވަށް ފޮނުވާލާނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އާއި އދ. ގެ ހުއްދަ ވެސް ހޯދައިގެންނެވެ. އދ. އިން ގަބޫލުކުރާ ގޮތުގައި އަވަސް އިންޓަނެޓަކީ އަސާސީ ހައްގަކެވެ. ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން ވަނީ ފައިވްޖީ ހިދުމަތް ފުރިހަމައަށް ނުލިބި ލަސްވާތީ އެކަމާ ކަންބޮޑުވުން ފައުޅުކޮށްފަ އެވެ.

ޖައްވީ ހޯދުންތަށް ހޯދުމުގައި މަޝްހޫރުކަމެއް ހޯދާފައިވާ ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ އިލޯން މަސްކު ވިދާޅުވީ، ސެޓްލައިޓުތަށް ޖައްވަށް ފޮނުވާލާނީ ސީދާ ކޮން އަހަރެއްގައި ކަން ބުނަން ނެގޭ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ، ސެޓްލައިޓުތައް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިހާތަނަށް 1،500 ސެޓްލައިޓު އުފައްދާ 60 ސެޓްލައިޓު ޓެސްޓު ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އިންޓަނެޓުގެ ސްޕީޑަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް އިލޯން ވަނީ ވިދާޅުވެފަ އެވެ. ސެޓްލައިޓުތަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދަނީ އާ ޓެކްނޮޖީ އަކާއި މެގަކެޕޭސިޓީ އެއް ކޮންމެ ސެޓްލައިޓެއްގައި ހިމެނޭ ގޮތަށްވުމުން އިންޓަނެޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ދައްޗެއް ނުވާނެ އެވެ. އަދި ސެޓްލައިޓުން ދުނިޔެއަށް ސިގްނަލް ފޮނުވަން ނަގާނީ ގިނަވެގެން ދެ ސިކުންތާއި ބައެއް ކަމަށް ވެސް އިލޯން ވިދާޅުވި އެވެ.