ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑްކޮށްފި އެވެ.
ތުހުމަތުތަކަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ޕީއެސް އިބްރާހިމް ހަމީދު ސަސްޕެންޑްކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުުރުމާއި، ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން ކަމަށްވެއެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ ހޯމް މިނިސްޓްރީއާއި ގުޅިގެން ސިވިލްސާވިސް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީގެ އަދި ސިވިލްސާވިސް ކޮމިޝަންގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.