ހަބަރު

ހޯމް މިނިސްޓްރީގެ ޕީއެސްއަކަށް އަބްދުލް ރަހްމާން

Apr 9, 2020
3

ހޯމް މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅު ހަމަޖައްސައިފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޕީއެސްގެ މާގަމަށް އައްޔަން ކުރެއްވީ އަބްދުލް ރަހްމާން ސަލާހު ރަޝީދު އެވެ.

އެ ރަސްމިއްޔާތުގައި އަބްދުލް ރަހްމާނަށް މަގާމުގެ ލިޔުންކޮޅު ހަވާލު ކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް އެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަން ކުރި އަބްދުލް ރަހްމާން އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. މީގެ ކުރިން މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް އޭނާ އަދާ ކުރެއްވި އެވެ.

މީގެ އިތުރުން އޭނާ އަކީ ހިއުމަން ރެސޯސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ބިޒްނަސް އެޑްމިނެސްޓްރޭޝަން ދާއިރާާއިން ފުރަތަމަ ޑީގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.