ކާނާ

އޮކްސިޖަންގެ އެލުވި ކުކުޅު ހިނގައިފި!

Oct 22, 2019
1

ތަނަކަށް ކާން ދާއިރު ބަލާ އެެއް ކަމަކީ އެތަނެއްގެ ރީތި ކަމެވެ. އެ ތަނުގެ ކެއުންތައް ޑިސްޕެލޭ ކޮށްފައި ހުންނަ ގޮތް ފުރިހަމަ ވުމެވެ. ލިބޭ ކެއުންތަކުގެ މީރު ކަމާއި ތަނުގެ ހިތް ފަސޭހަ ކަމެވެ. މާލޭގައި މިހުރިހާ ކަމެއް ހަމަވާ އެއް ތަނަކީ އޮކްސިޖަންނެވެ. އެ ރެސްޓޯރެންޓުން މިފަހަރު ވަނީ ރާއްޖެއަށް މުޅިންއާ ރަހައެއް ގެނެސްދީފަ އެވެ. މިފަހަރު ގެނެސްފައި މިވަނީ "އެސްޕަޓާޑާ" އެވެ. ނޫނީ ދިވެހި އެލުވި ކުކުޅެވެ.

ބުޅިގަނޑަކަށް އަމުނާއި އެލުވާފައިވާ ކުކުޅު މަސް ފައްޗަކާއެކު ގެންނަ އެސްޕަޓާޑާ އަކީ ދިގު ތާރީހެއް އޮތް މީރު ކެއުމެވެ. ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއްޗެކެވެ. މި ކެއުމުގެ އަސްލު ފެށިގެން އަންނަނީ ޕޯޗްގަލް ޕޯޗުގީޒުންނެވެ. ފަހަރުގައި ޕޯޗުގީޒު މީހުން ރާއްޖޭގައި ތިބިއިރު މި ކެއުން ރާއްޖޭގައި ތައްޔާރުކޮށްފައި ވުމަކީ އެކަށީގެންވާ ކަމެވެ.

ކުކުޅު މަހުގެ ބާވަތްތަކާއެކު ސެލެޑް ނުވަތަ ފިހުނު ޒުވާރިއާއެކު އޭރު ކާން ބޭނުން ކުރި މީރު މި ކެއުން މި ވަނީ ރާއްޖެއަށް ރަސްމީކޮށް އައިސްފަ އެވެ. މި މީރު ކެއުން ލިބެން ހުރީ އޮކްސިޖަން ކެފޭ އާއި އޮކްސިޖަން ބްލޫ އިންނެވެ.

ޕެރީ ޕެރީ ސޯސްގެ މީރު ރަހަ އިން ތެންމާ ލައިގެން ފިހެ ލާފައިވާ މީރު އެލުވި ކުކުޅު އޮކްސިޖަގައި ދެނީ ގާޑަން ސެލެޑުގެ އިތުރުން މޭޝް ޕޮޓޭޓޯ އާއި ފްރައިސް އާއި ބަތް ވެސް ހިމަނައިގެނެވެ. މެރިނޭޓް ކޮށްފައިވާ މީރު އެލުވި ކުކުޅު ލިބެނީ 135ރ. އަށެވެ.