އެމްއެމްޕީއާރްސީ

ލީޑިން ސްޕާ އެވޯޑް އަނެއްކާވެސް ރާއްޖެއަށް

Oct 22, 2019

ވޯލްޑް ސްޕާ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގް ސްޕާ އެވޯޑް" މިފަހަރު ވެސް ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދުބާއީގެ އަރުމާނީ ހޮޓެލްގައި އޮތް އެވޯޑްސް ހަފުލާގައި ބައިނަލްއަގްވާމީ ފަތުުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހޯދި ފަރާތްތަކަށް އެވޯޑް ދިނެވެ.

ސްޕާ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގް ސްޕާ އެވޯޑް" ރާއްޖެ ހޯދި މިއީ ފަސްވަނަ ފަހަރެވެ. މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ހުސައިން ނިޔާޒެވެ.

އިންޑިއަން އޯޝަންސް ލީޑިންގް ސްޕާ އެވޯޑަށް ރާއްޖެއާއެކު މޮރިޝަޝް އާއި މަޑަގަސްކަރަ އަދި ޝީސެލްސް ވަނީ ވާދަ ކުރި އެވެ.

އެމްއެމްޕީއާރްސީން ބުނީ އިންޑިއަން އޯޝަންސް ލީޑިންގް ސްޕާ އެވޯޑް ރާއްޖެއަށް ލިބުމަކީ ފަތުރުވެރިން ރާއްޖެ ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި އެވޯޑާއެކު ރާއްޖޭގެ މަގްބޫލުކަން އިތުރުވެ، ރާއްޖެ އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެެވެ.

އެމްއެމްޕީއާރްސީ އިން މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ފެއާތަކާއި ބޭރުގެ އިވެންޓްތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރި ކުރެ އެވެ. ނަމަވެސް، މި އަހަރުން ފެށިގެން އެމްއެމްޕީއާރްސީއިން މިހާރު އެ ފުރުސަތެއް ނުދެ އެވެ. އޭގެ ބަދަލުގައި ރާއްޖެ އިން ބޭރުގެ ނަން މަޝްހޫރު ނޫން ލިޔުންތެރިން ރާއްޖެ ގެންނަން ހަރަދު ކުރެ އެވެ.