ފޮަސިފް ފިއުލް އެކުލެވޭ ގޭސްތަކަކީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ގޭސްތަކެވެ. މި ގޭސްތައް އާންމު ގޮތެއްގައި ބޭނުން ކުރަނީ ތެޔޮ އުފައްދާ ކުންފުނިތަކުގެ އިތުރުން ކައްކާ ގޭސް އުފައްދާ ކުންފުނިތަކުގަ އެވެ، މީގެ އިތުރުން ބައެއް އެއްގަމު އުޅަނދާއި ވައިގެ އުޅަނދުފަހަރު އުފައްދާ ކުންފުނިތަކުން ވެސް ފޮސިލް ފިއުލް އެކުލެވޭ ގޭސްތައް ބޭނުންކުރެ އެވެ.
ފޮސިއުލް ފިޔުލް އެންމެ ގިނައިން ބޭނުން ކުރަނީ މައިން ހިލަ ނެގުމުގެ މަސައްކަތް ކުރަމުންދާ ކުންފުނިތަކުންނެވެ. ފޮސިލް ފިއުލަކީ އޭގެ ނޭދެވޭ އަސަރު ދުނިޔެއަށް ކުރާ ގޭހުގެ ބާވަތަކަށް ވުމުން ގޭސް ބޭނުން ކުރެވޭނީ ވަކި ވަރަކަށެވެ. ނަމަވެސް ގިނަ ކުންފުނިތަކުން ކަނޑައެޅިފައިވާ މިންވަރަށް ވުރެ ގިނައިން ވެސް ފޮސިލް ފިއުލް ބޭނުންކުރެ އެވެ،
ކަނޑައެޅިފައިވާ މިންވަރަށް ވުރެ ގިނައިން ކުންފުނިތަކުން ފޮސިލް ފިއުލް ގޭސް ބޭނުން ކުރަމުންދާ މައްސަލަ ހައްލު ކުރަން ދުނިޔޭގެ ފެންވަރުގައި ވަނީ މަސައްކަތް ކުރެވިފަ އެވެ. ނަމަވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.
ފޮސިލް ފިއުލްގެ ބަދަލުގައި ބޭނުން ކުރާނެ އެހެން ގޭހެއް ހޯދުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ޔުނިވާސިޓީން އޮފް ކެމްބްރިޖުން ދިޔައީ ކުރަމުންނެވެ. މިކަން އެމީހުން ވަނީ މިހާރު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ފަހަރަށް އާޓިފިޝަލް ފަތެއް ބޭނުން ކޮށްގެން ވަނީ ފޮސިލް ފިއުލްގެ ބަދަލުގައި ބޭނުންކުރާގެ ގޭހެެއް އުފައްދާފަ އެވެ.
ކެމްބްރިޖް ޔުނިވާސީޓީން އުފެއްދި މި ގޭސް ބޭނުން ކޮށްގެން ފޮސިލް ފިއުލުން ބޭނުން ކޮށްގެން ކުރަމުން އައި ހުރިހާ މަސައްކަތެއް ކުރެވޭނެ އެވެ. މީގެ އިތުރުން އެއްގަމު އުޅަނދާއި މަތިންދާބޯޓު ފަހަރުގައި ވެސް މި ގޭސް ބޭނުން ކުރެވޭނެ އެވެ. މި ގޭސް އުފައްދާފައި ވަނީ އިރުގެ ހަކަތަ އާއި، ފެނާއި ކާބޮންޑައިއޮކްސައިޑް ގޭސް ބޭނުން ކޮށްގެންނެވެ. މިއީ ޕެޓްރޯލްގެ ބަދަލުގައި ބޭނުން ކުރެވޭނެ ގޭހުގެ ބާވަތެއް ކަމަށް ވެސް ކެމްބްރިޖް ޔުނިވާސޓީން ވަނީ ބުނެފަ އެވެ.
ނަމަވެސް މި ގޭސް އަދި އެއްވެސް ވަރަކަށް ޓެސްޓު ކޮށްފައެއް ނުވެ އެވެ. އެ ޔުނިވާސޓީން ބުނާ ގޮތުގައި ޓެސްޓުތަކުން މި ގޭސް ކާމިޔާބު ވެއްޖެނަމަ ޕެޓްރޯލްގެ ބާޒަރު ދަށްވެގެންދާނެ އެވެ. ނަމަވެސް އިގްތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި ޓެސްޓުތަކުން ފާސް ވިޔަސް ތެޔޮ އުފައްދާ ކުންފުނިތަކުން މި ގޭހުގާ ބާވަތާ ދެކޮޅަށް ފައިސާ ހަރަދު ކުރާނެ އެވެެ. ތެޔޮ އުފައްދާ ކުންފުނިތަކުން މިހާރު ވެސް ދަނީ އިލެކްޓްރިސިޓީ ކާރު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
މި ގޭސް ބޭނުން ކޮށްގެން މަސައްކަތެއް ކުރާއިރު، ދުނިޔެއަށް އިތުރު ވިހަ ގޭސްތަކެއް ބޭރެއް ނުވާނެ އެވެ. ކެމްބްރިޖް ޔުނިވާސީޓީން ބުނިގޮތުގައި މި ގޭސް ބޭނުން ކޮށްގެން މަސައްކަތް ކުރާއިރު ހައިޑްރޯޖަން އާއި ކާބޮން މޮނޮކްސައިޑް ގޭސް އުފެދުމުގެ ސަބަބުން ވިހަ ގޭސްތައް ނައްތާލެވޭނެ އެވެ.
މާނައަކީ ކާރުތައް ދުއްވާއިރު ބޭރުވާ ވިހާ ގޭސްތައް އަލަށް ހޯދި މި ގޭހުގެ ސަބަބުން ހުއްޓުމަކަށް އަންނާނެ އެވެ. ޓެސްޓުތަަކަށް ފަހު ނަމެއް ކިޔަން ނިންމާފައިވާ މި ގޭހަކީ، ދަނޑުވެރި ކަމާއި، އަދި ބޭސްތަކުގައި ހިމަނަން ވެސް އެކަށީގެންވާ ގޭހެއް ކަމަށް ކެމްބްރިޖް ޔުނިވާސިޓީން ބުނެފައި ވެއެވެ.