ޖޭއެސްސީ

ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަނީ

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ.

އެ ކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 73 ވަނަ ބައްދަލްވުމުގައެވެ.

ޖޭއެސްސީން ބުނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް މިއަދު ހުށައެޅުމުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު، އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން އެ ކޮމިޝަނަށް ލަފާދީފައި ވަނިކޮށެވެ.

ރާގިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ނިންމާފައި މިވަނީ ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާގިބަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ.

އިސް މެޖިސްޓްރޭޓް ރާގިބުގެ މަގާމުން ވަކި މަޖިލީހަށް ހުށައަޅަން ނިންމި އިރު ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ
ޖޭއެސްސީއިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ފުރަތަމަ ފަނޑިޔާރެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީވެސް މަގާމުން ވަނީ ވަކިކޮށްފައެވެ.

މިފަހުން ޖޭއެސްސީއައި ބޮޑު ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްފެ މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.