އެމްއެންޑީއެފް

ސިފައިންގެ ކުޅިވަރު އެމްބެސެޑަރަކަށް އައްސަދު

ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލް ކުރަން އެމްއެންޑީއެފްގެ ކުޅިވަރު އެމްބެސެޑަރަކަށް ކުރީގެ ގައުމީ ކެޕްޓަން އަސްއަދު އަބްދުލްޣަނީ ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ކުޅިވަރު އެމްބެސެޑަރަކަށް އަސްއަދު ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލު ކޮށްފައި ވަނީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިމުމުގެ ރަސްމިއްޔާތުގައި ކަމަށެވެ.

ލިޔުން ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ކުޅިވަރު އެމްބެސެޑަރުގެ ގޮތު ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އަސްއަދު ދެ އަހަރު ދުވަހު މަސައްކަތް ކުރާނެ އެވެ.