ހަބަރު

ކުރިނބީ ސްކޫލުގައި ކްލާސްރޫމް އިތުރު ކުރަނީ

ހދ. ކުރިނބީ ސްކޫލްގައި ފަސް ކްލާސްރޫމާއި ސްޓާފްރޫމެއް ހިމެނޭ ގޮތަށް އިމާރާތް ކުރަން ބަޔަކާ ހަވާލު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ މި ޕްރޮޖެކްޓުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށް ސޮއި ކޮށްފަ އެވެ. މަސައްކަތް ހަވާލު ކޮށްފައި ވަނީ "ވީ އަވާ އިންވެސްޓްމެންޓް" އެވެ.

އެއްބަސްވުމުގައި އެޑިއުކޭޝަނުން ސޮއި ކުރީ، ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަދި ވީ އަވާ އިންވެސްޓްމަންޓުން އޮފީސް މެނޭޖާ ފާތިމަތު ލައިސާ ލަތީފެވެ.

ފަސް ކްލާސްރޫމާއި ސްޓާފްރޫމް ހިމެނޭ އިމާރާތް އެޅުމަށް ހަތަރު މިލިއަން ހަރަދު ކުރާއިރު އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާނެ އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ 2020 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި މި އިމާރާތުގެ ބޭނުން ކުރަން ފެށޭނެ ކަމަށް"

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވާލުކުރި ޕްރޮޖެކްޓަކީ އެ މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކެކެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ އެވެ.

އެޑިއުކޭޝަނުން ވަނީ މި ކުންފުންޏަށް މީގެ ކުރިންވެސް އެހެން ޕްރޮޖެކްޓުތަކެއް ހަވާލުކޮށްފަ އެެވެ. އެއީ ހދ. ކުޅުދުއްފުށީ ސްކޫލުގައި އާ އިމާރާތެއް އެޅުމަށާއި އއ. ތޮއްޑޫ އާއި ރ. ހުޅުދުއްފާރު ސްކޫލުގައި މަލްޓިޕާޕޮސް ހޯލު އަޅާށެވެ.