ދިރާގު

ކަނޑު އުޅަނދުތައް ޓްރެކް ކުރެވޭނެ ގޮތް ދިރާގުން ހަދައިފި

ކަނޑު އުޅަނދުފަހަރުގެ އެންމެ ފަހުގެ މައުލޫމާތު ބަލައިލެވޭނެ "ޓްރެކިން ސާވިސް" އެއް ދިރާގުން ތައާރަފު ކޮށްފި އެވެ.

މި ހިދުމަތުގެ އެޕްލިކޭޝަން އިއްޔެ ތައާރަފު ކޮށްދެއްވީ މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ދިރާގުގެ ޗީފް މާކެޓިން އޮފިސާ އެވެ.

ދިރާގު "ޓްރެކިން ސާވިސް" އެޕްގެ ބޭނުން ކުރުމުން ރާއްޖޭގެ ކޮންމެ ތަނެއްގައި ބޯޓު އޮތް ނަމަވެެސް ބޯޓު އޮތްތަން ވަގުތުން ބަލައިލެވޭނެ އެވެ. އަދި ގިނަ ބޯޓުތައް އޮޕަރޭޓް ކުރާ މީހުންނަށް ހުރިހާ ބޯޓެއްގެ އެންމެ ފަހުގެ އަޕްޑޭޓުތައް ލިބި ވަކި ވަކި އުޅަނދުގެ މައުލޫމާތު ވެސް ލިބޭނެ އެވެ. އުޅަނދުގެ ދުވެލި ހުރި މިންވަރާއި ތެޔޮ ބޭނުން ކުރާ މިންވަރު ވެސް މި ހިދުމަތުގައި އެނގޭނެ އެވެ.

މި އެޕު މެދުވެރިކޮށް ލިބޭ ހިދުމަތާ ބެހޭގޮތުން ދިރާގުން އިތުރަށް ބުނީ، ޓްރެކިން ސާވިސްގެ މުހިއްމު އެއް ބޭނުމަކީ ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ އެކަން އަވަހަށް އަންގާލެވުން ކަމަށެވެ. އެގޮތުން، މި އެޕުގައި އިންނަ "ޕެނިކް" ބަޓަނަށް ފިއްތާލުމުން އިމަޖެންސީ ނަންބަރަށް ވަގުތުން ގުޅޭނެ އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ހުރި ދިރާގުގެ ސްޓޯލުން މި ހިދުމަތާއި ގުޅޭ މައުލޫމާތު ދެ އެވެ.