އަބްދުﷲ ޝާހިދު

ނާމް ސަމިޓްގައި ރައީސްގެ މަންދޫބަކަށް މިނިސްޓަރު ޝާހިދު

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން - އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.

މިއަދާއި މާދަމާ ކުރިއަށްދާ ސަމިޓްގެ އިސް ވެރިންގެ ބައްދަލުވުމުގައި ޝާހިދު ތަގުރީރު ކުރައްވާނެ އެވެ. އަދި ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ބައްދަލު ކުރައްވާ މުހިއްމު މަޝްވަރާތަކެއްު ކުރައްވާނެ އެވެ.

ނާމް ސަމިޓްގެ ހަވާސާގައި މިއަދު ވެސް މިނިސްޓަރު ޝާހިދު ވަނީ ބައެއް ގައުމުތަކުގެ ވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ އާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ގަނީ އާއި، މެލޭޝިއާގެ ބޮޑުަވަޒީރު ޑރ. މަހާތީރު މުހައްމަދާ ބައްދަލު ކުރެއްވި އެވެ.

ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައި ވަނީ ރައީސް ސޯލިހްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށް ފަހު އެވެ.