ފުވައްމުލައް

ފުވައްމުލަކު ރިންގު ރޯޑްގެ ބާކީ ބައިގައި ތާރު އަޅަން ފަށައިފި

Oct 26, 2019
2
ފުވައްމުލަކު ސިޓީގެ ވަށައިގެން އޮންނަ ނައިބު ތުއްތު ހިނގުން ތަރައްގީ ކުރުމުގެ މަޝްރޫއުގައި އިއްޔެ ވަނީ މަގުގެ ދެވަނަ ބައިގައި ތާރު އަޅަން ފަށާފައި -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިޔަށް ގެން ދާ ޏ. ފުވައްމުލަކުގެ ނައިބު ތުއްތު ހިނގުން، އެ ރަށުގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގައި ހިމެނޭ މަގުގެ ތާރުއެޅުމުގެ ބާކީ ބައިގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ކުރިން، މި މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެނެސް މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައި ވެއެވެ. ޑިޒައިނަށް ގެނައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުން ކޮށްގެން އަޅާ ބޭސްކޯސް ފަށަލައިގެ ބަދަލުގައި ހިލައިގެ ބޭސްކޯސް ނުވަތަ އެގްރިގޭޓް ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުމެވެ.

އެގްރިގޭޓް ބޭސް ކޯސް މެޓީރިއަލް ބޭނުން ކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމީ، މިފަދަ މަޝްރޫއުތައް މީގެކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅުކުރުމަށެވެ. ޑިޒައިނަށް މި ބަދަލު ގެނެސްފައިވަނީ ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީފެ މަޝްވާރާއާއެކު އެވެ.

ސިޓީއެއްގެ ގޮތުގައި އޮތް ފުވައްމުލަކުގެ ނައިބު ތުއްތު ހިނގުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ ކުރިން އެ މަގުގައި ތާރު އަޅައި ނިންމާފައި އޮތް ހިސާބުންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައި މަގު ބަންދުކޮށްގެން ނެވެ.

ފުވައްމުލަކު ރިންގް ރޯޑް މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސާއެކު އެއްބަސްވުމުގައި ސޮއިކުރީ 27 މާޗް 2019 ގައެވެ. މި މަޝްރޫއު ދަށުން 24،300 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެ އެވެ. މަޝްރޫޢުއަށް 32،042،893.70 ރުފިޔާ ހަރަދު ކުރެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345