މަރުގެ އިންޒާރު

މީހުނަށް މަރުގެ އިންޒާރުދޭ މީހަކު ހައްޔަރުކޮށްފި

Oct 26, 2019
4

ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާ ދެމުންދިޔަ މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ މީހުނަށް މަރުގެ އިންޒާރު ދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރި ކަމަށް ސޯޝަލް މީޑިއާގައި ހިތްވަރު ދެމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުުލުހުން ބުނާ ގޮތުން އެއީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ފުވައްމުލަކުންނެވެ.

އެ މީހާއާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް ދީފައި ނުވާއިރު ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށާފަ އެެވެ.