ކުޅިވަރު

ބުންޑެސްލީގާގެ ލަނޑުޖެހުމުގެ ރެކޯޑެއް ލެވަންޑޮސްކީއަށް

ޖަރުމަންގެ ބުންޑެސް ލީގާގެ ފުރަތަމަ ނުވަ މެޗުގައި ލަނޑު ޖަހެމުގެ ރެކޯޑް ބަޔާން މިޔުނިކްގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޮސްކީ ގާއިމު ކޮށްފި އެވެ.

މި ސީޒަންގައި ޖަރުމަން ލީގަށް ޕްރޮމޯޓްވި ޔޫނިއަން ބާލިންގެ މައްޗަށް ބަޔާން ކުރި ހޯދީ 2-1 އިންނެވެ. ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލެވަންޑޮސްކީ އެވެ. މި ސީޒަންގައި ހުރިހާ މުބާރާތެއްގައި ލަނޑު ޖަހަމުން އަންނަ ޕޮލެންޑްގެ ފޯވަޑް މިހާތަނަށް ވަނީ 19 ގޯލް ޖާހަފާ އެވެ. ޔޫނިއަން ބާންލީ ކޮޅަށް ރޭ ވައްދާލި ލަނޑާއެކު ރެކޯޑަށް ހަދައި، އޭނާ ލީގްގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 13 އަށް ޖައްސާފަ އެވެ. ބަޔާންގެ އަނެއް ލަނޑު ކާމިޔާބު ކުރީ ބެންޖަމިން ޕަވާޑް އެވެ.

މި އަހަރު، ކުލަބަށް ޖެހި ލަނޑުގެ އަދަދުގައި ލޮވެންޑޮސްކީއަށް ވުރެ މައްޗަށް ދެވުނު ކުޅުންތެރިޔަކު ނެތެވެ. އޭނާ ވަނީ މި އަހަރު މިހާތަނަށް 37 ލަނޑު ޖާހަފަ އެވެ. އެއީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކިލިޔަން އެމްބާޕޭ އަށްވުރެވެސް މަތީ އަދަދެކެވެ.

ލެވޮންޑޮސްކީ ހެދި ރެކޯޑް ކުރިން އޮންނަނީ އާސެނަލްގެ މިހާރުގެ ފޯވަޑް ޕިއާ އެމްރިކް އަބޯމެޔެންގް އަތުގަ އެވެ. އޭނާ ވަނީ 2015/16 ސީޒަންގައި ބުރޫޝިއާ ޑޯޓަމުންޑްގައި ޖެހިޖެހިގެން އަށް މެޗުގައި ލަނޑު ޖަހާފަ އެވެ.

ރޭގެ މެޗުގައި ޔޫނިއަން ބާލިންގެ ލަނޑު ކާމިޔާބު ކުރީ ސަބެސްޓިއަން ޕޮލްޓާ އެވެ. ބަޔާން އާ ވާދަވެރި ޑޯޓަމުންޑް ވަނީ ޝާލްކޭ އަތުން އެއްވަރުވެ ލީގްގެ ތިން ވަނައަށް ވެއްޓިފަ އެވެ. ފްރައިބާގް ވަނީ ލެޕިޒިގް ބަލިކޮށް ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ.