ހަބަރު

ލައިޓް ހައުސްއެއްގެ ބައެއް ލައްގައިފި

Oct 27, 2019
3

ލައިޓް ހައުސްއެއްގެ ބައެއް ފަޅު ރަށެއްގެ ފަރުމައްޗަށް ލައްގައިފި އެވެ. އެ ލައްގާފައިވަނީ ށ. ކޮމަންޑޫގައި ކައިރީގައި ގަލާދޫ ނަމަކަށްކިޔާ ފަޅު ރަށެއްގެ ފަރުމައްޗަށެވެ.

މިއަދު ސޯޝަލް މީޑިއާގައި ލެއްގި އެތީގެ ފޮޓޯއާއެކު އެއީ މިސައިލެއްގެ ބައެއް ކަމަށް ބުނެ ފޮޓޯ ދައުރުކޮށްފައިވެ އެވެ.

އެހެންވެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ ލައިޓް ހައުސްއެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ލެއްގި އެތީގެ ބޮޑުމިނުގައި ގާތްގަނޑަކަށް 50 ފޫޓް ހުރި ކަމަށް ފުލުހުން ބުންޏެވެ. އެކަން މިހާރު ފުލުހުން ވަނީ ސިފައިންނާ ހިއްސާކޮށްފަ އެވެ.