އަންނަ އަހަރަށް ލަފާކޮށް، 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2020 އާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭއިރު، އަދި އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާގެ "ފިސްކަލް ސްޕޭސް" ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ މީގެ އިތުރުން ބަޖެޓުގެ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ތައްޔާރުވާއިރު، މި އަހަރަށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މީގެ އިތުރުން އާ ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށް ބޮޑުބައި ބޭނުންކޮށްފަ އެވެ.