ރައީސް މުހައްމަދު ނަޝީދު

މަރުގެ އިންޒާރުދޭ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ: ނަޝީދު

މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް މިފަދަ މީހުންނާ ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް. ހައްޔަރު ކުުރުމުގެ ސަަބަބުން ނަފުރަތު އިތުރުވެގެން ނުވާނެ. އަމާޒަކަށް ވާންވާނީ ނަސޭހަތްދީ އިސްލާހު ކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާ ދެމުންދިޔަ މީހަކު މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ އިދާރާއިން އެރޭ ބުނީ މީހުނަށް މަރުގެ އިންޒާރުދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރި ކަމަށް ސޯޝަލް މީޑިއާގައި ހިތްވަރު ދެމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުުލުހުން ބުނާ ގޮތުން އެއީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ފުވައްމުލަކުންނެވެ.

މީގެ އިތުރުން އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ދެކޮޅަށް ރަށެއްގައި މުޒާހަރާކުރި ބަޔަކުވެސް އަނިޔާވެރި ކަމަށް ގޮވާލާފައިވާތީ އެމީހުންގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.