ކަރަން ޖޯހަރް

ކަރަންއަށް މަގްބޫލީ "އޭ ދިލް ހެ މުޝްކިލް"

ރަންބީރު އާއި އައިޝްވަރިޔާ
0%
0%
0%

ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވަރިޔާ ރާއީ ތަރިންނަށް ލައިގެން ކަރަން ޖޯހަރް އުފެއްދި "އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރިތާ ތިން އަހަރު ފުރުން ދާދިފަހުން ވަނީ ފާހަގަ ކޮށްފަ އެވެ. މި ފިލްމުގައި ކިޔައިދެނީ ލޯބީގައި ހިތް ހަލާކުވެފައިވާ މީހެއްގެ ވާހަކަ އާއި އެނޫން ވެސް އެފަދަ ވާހަކަ ތަކެކެވެ.

މި ފިލްމަށް ތިން އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކަރަން ކުރި ޓުވީޓެއްގައި ލިޔެފައިވާ ގޮތުގައި "އޭ ދިލް ހެ މުޝްކިލް" އަކީ އޭނާ ހިތާ އެންމެ ކައިރީގައިވާ ފިލްމެވެ. ނަމަވެސް މި ފިލްމު އެހާ ހާއްސަވީ ސަބަބެއް ކަރަން ހާމަކޮށްފައެއް ނުވެ އެވެ.

މި ފިލްމު ރިލީޒްކުރި ދުވަސްވަރު ފިލްމާ ބެހޭ ގޮތުން ވަރަށް ތަފާތު ވާހަކަތައް ދެކެވިފައި ވެއެވެ. ޚާއްސަކޮށް އައިޝްވަރިޔާ ލައްވާ ކަރަން މި ފިލްމުގައި ކުޅުވާފައިވާ ރޯލަށް ބައްޗަން އާއިލާއިން ހިތްހަމަނުޖެހި އެ ދުވަސްވަރު ވަރަށް ގިނަ ވާޙަކަތައް ނޫސްތަކުގައި ޖަހާފައި ވެއެވެ. ނަމަވެސް ކަރަން ބުނެފައިވަނީ އޭނާ އާއި ބައްޗަން އާއިލާގެ މެދުގައި އޮތް ޒަމާނީ ގުޅުމަށް މި ފިލްމުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345