ބޮލީވުޑް

އަލިފާނުގެ ހާދިސާއަކުން ނިއާ ޝަރުމާ ސަލާމަތްވެއްޖެ

މަޝްހޫރު ޓީވީ ބަތަލާ ނިއާ ޝަރުމާ، އަލިފާނުގެ ހާދިސާއަކުން ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ދިވާލީ ފާހަގަ ކުރަން ބޭއްވި ޕާޓީއެއްގެ ތެރޭގައި ހިނގި އެކްސިޑެންޓަކުންނެވެ. އަލިފާން ހިފީ ނިއާ ލައިގެން ހުރި ހެދުމުގެ ތިރީ ބައިގަ އެވެ.

އަނދާފައިވާ ހެދުމުގެ ތިރީ ބައިގެ ފޮޓޯއަކާއެކު ނިއާ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި އޭނާ ލިޔެފައިވާ ގޮތުގައި ޕާޓީގައި ރޯކޮށްފައި ހުރި ބައްތި ތަކެއްގެ ތެރެއިން ބައްތިއަކުން އޭނާގެ ހެދުމުގެ ތިރީބައިގައި އަލިފާން ރޯވީ އެވެ. އޭނާ ސަލާމަތްވީ ހެދުމުގެ ތިރީ ބައިގައި ފޮތީގެ ލޭޔާތަކެއް ހުރުމުން ފުރަތަމަ ލޭޔާގައި ރޯވި އަލިފާން އެހެން ބައިތަކުގައި ނުހިފަނީސް ނިއްވާލެވުމުންނެވެ.

ނިއާ އެންމެ ފަހުން ކުޅެފައިވަނީ "ގަރް ޖަމާއީ" ކިޔާ ޑްރާމާ އެކެވެ. އަދި ކަލާޒްގެ ވަރަށް މަޝްހޫރު ސީރީޒް އެއް ކަމަށްވާ "ނާގިން"ގެ ހަތަރު ވަނަ ސީޒަންގައި ލީޑް ރޯލު ކުޅެނީ ނިއާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.