ވިޔަފާރި

މީޑިއާނެޓް ބޮޑު ޗުއްޓީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ކޮންމެ އަހަރަކުވެސް ބޮޑުޗުއްޓީ އާ ދިމާކޮށް މީޑިއާނެޓުން ކުރިއަށްގެންދާ ބޮޑު ޗުއްޓީ ޕްރޮމޯޝަންގެ ފުރަތަމަ ތިން ހަފްތާަގެ ނަސީބުވެރިން ހޮވައިފި އެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ނަސީބުވެރި އަކަށް ހޮވޭ ފަރާތަށް އައިފޯން 11 އެއް ދެ އެވެ. އެގޮތުން، ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް މިހާރު ވަނީ އިނާމު ހަވާލުކޮށްފަ އެވެ. ނަސީބުވެރިންނަށް ހޮވުނީ އާސިމް އަބްދުލް ރަހީމް އާއި ހުސައިން ހަސަން މަނިކް އަދި އަހްމަދު ޝާމިން އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ގައި ބައިވެރި ވުމަށް މީޑިއާނެޓްގެ ޕެކޭޖްތަކުގެ ތެރެއިން "ވޯންޓް އިޓް އޯލް" ޕެކޭޖް އަށް ސަބްސްކްރައިބް ކުރަން ޖެހޭނެ އެވެ. އެ ޕެކޭޖަކީ ހުރިހާ ޗެނަލް އެއް ލިބޭ ގޮތަށް ހަދާފައިވާ ޕެކޭޖް އެކެވެ.

މީގެ އިތުރުން، މީޑިއާނެޓްގެ ފްރަންޓް އޮފީސް އާއި ކުއިކް ޕޭ އަދި ބިސްނަސް ޕާޓްނަރުން މެދުވެރިކޮށް މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. އަދި މިހާރުގެ ކަސްޓަމަރުންވެސް "ވޯންޓް އިޓް އޯލް" ޕެކޭޖަށް އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލާ ހަމައަށެވެ.