އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ މެންބަޝިޕް ފީ ކުޑަކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެންބާޝިޕް ފީއަށް ބަދަލު ގެނެސްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ޖެނުއަރީ 1، 2020 ގައި އެ ކޯޕަރޭޝަންގެ މެންބާޝިޕްގެ ގޮތުގައި ނަގަމުންއައި ފީ އަށް ބަދަލު ގެނައުމަށް ބޯޑް އޮފް ޑައިރެެކްޓާސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގެ ނަގަމުން އައި ބެޑް ޗާޖަސް އުނިކޮށް، ނޮމިނަލް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވަނީ ކުޑަކޮށްފައި ކަމަށެވެ. އަދި އެ ބަދަލާ އެއްގޮތަށް އޮކްޓޫބަރު 31، 2019 ފެށިގެން ފީ ނަގަމުންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ބަދަލު ގެނައުމުގެ މަގްސަދަކީ ކޯޕަރޭޝަނަށް މެންބަރުން އިތުރުކުރުމާ، ފަތުުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަށް އެ ކޯޕަރޭޝަނާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކޮށް ހަރަކާތްތަކުގައި ބައިވެރިވުން އިތުރު ކުރުވުން ކަމަށެވެ.